ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވާއިރު، ވޯޓުލުން ކުރިޔަށްދާނީ މިއަދު ހެނދުނު 8ން ހަވީރު 4ށެވެ.
މިފަހަރުގެ ބައި-އިލެކްޝަން ރޯދަމަހު ކުރިއަށް ދިޔަނަމަވެސް، އިންތިހާބުގެ ކަންކަމަށްވެސް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލެވޭނީ 4 ޖަހާއިރު ކިޔުއަށް އަރައި ތިބޭ ފަރާތްތަކަށް ކަމަށާއި، 4ގެ ފަހުން ކިޔުއަށް އަރާ ފަރާތްތަކަށް އެފުރުސަތު ނުލިބޭނެކަމަށެވެ. އަދި ވޯޓުލައި ނިމޭތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެކަމަށާއި، ނަމަވެސް ބަންގި ގޮވުމުގެ 30 މިނެޓް ކުރިން ވޯޓުލައި ނިމިއްޖެނަމަ ދެން ވޯޓު ގުނަންފަށާނީ ރޯދަ ވީއްލައިގެންކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ 6 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފޮށި، ގުޅީގައި 1 ފޮށި އަދި ގުރައިދޫ ދާއިރާގެ މީހުން ވޯޓުލުމަށް މާލޭ ޢިއްޒުއްދީން ސްކޫލްގައި 1 ފޮއްޓެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 3423 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.
މި އިންތިޚާބުގައި ތިން ޕާޓީން ވާދަކުރެއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ (އެމްޑީޕީ)އާއި އިދިކޮޅު ޕީޕީއެމްއާއި އެމްއެންޕީއެވެ. ޕީޕީއެމްއިން ވާދަކުރައްވަނީ ހުސައިން ރިޒާ އާދަމެވެ. އެމްޑީޕީން އިބްރާހީމް ޝާޒު ވާދަކުރައްވާއިރު އެމްއެންޕީން ވާދަކުރައްވަނީ އަލީ އަރީފެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ