ގާސިމް އަންނަ އިންތިހާބުގައި ވެސް މާމިގިލީ ގޮނޑިއަށް ވާދަކުރައްވަނީ

މާމިގިލި ދާއިރާގެ މެމްބަރުކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވެސް އެ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެ ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާމިގިއްޔަށް ނިސްބަތްވެވަަޑައިގަންނަވާ ގާސިމް މިހެން ވިދާޅުވީ، އޭނާ މިއަދު ރައީސް މުހައްމަދު މުއިއްޒުއާ އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ރައީސް އޮފީހުން ނުކުމެވަޑައިގެން، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ބުނީ ކީކޭ؟ - އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެތޯ ކުރި ސުވާލުގެ ޖަވާބުގައި ގާސިމް ވިދާޅުވީ "އަޅުގަނޑު ވާދަކުރާނަން" ކަމަށެވެ. އަދި އޭނާ ވާދަކުރައްވާނީ މާމިގިލި ދާއިރާއަށް ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް، އެކަމާ ބެހޭ ގޮތުން އިތުރު އެއްޗެއް އޭނާ ވިދާޅެއް ނުވެ އެވެ. 
ފާހަގަކޮށްލެވޭ - ރާއްޖޭގެ ތިން ވަނައަށް އެންމެ ބޮޑު ޕާޓީ އުވާލުމަށް ފަހު، ގާސިމް އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ވެރިކަން ކުރާ މައި ޕާޓީ ކަމަށްވާ ޕީއެންސީއާ ގުޅެން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ، ޖޭޕީ އުވާލުމަކީ އޭނާ ނިންމަވާ ނިންމެވުމެއް ނޫން ކަމަށާއި، އެކަން ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ.
"އެ މައްސަލައިގެ ވާހަކަ ދެއްކެވި ކައުންސިލުން. ދެއްކީމަ، ކައުންސިލްގެ އެއްވެސް ބޭފުޅަކަށް ނުފެނުނު އެކަން ކުރާކަށް [ޕާޓީ އުވާލާކަށް]. ދެން އެކަން އެ ނިމުނީނު؟" ގާސިމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާ ގޮތުގައި މިދިޔަ ފެބްރުއަރީގެ ނިޔަލަށް ޖޭޕީގައި 22،000އަށް ވުރެ ގިނަ މެމްބަރުން ރަޖިސްޓްރީކޮށްފައިވެ އެވެ. ނަމަވެސް، މިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރެއްވި ގާސިމްއަށް ލިބިވަޑައިގެންނެވީ އެންމެ 5،460 ވޯޓެވެ.
ތިން ފަހަރަށް ރިޔާސީ ރޭހުގައި ވެސް ވާދަކުރައްވާފައިވާ ގާސިމް އެންމެ ފުރަތަމަ މަޖިލީހުގެ ގޮނޑިއެއް ފުރުއްވީ 1990ގައި 
އޭނާ ވަނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައި
28 މެއި 2009 އިން ފެށިގެން މިއަދާ ހަމައަށް މެދުނުކެނޑި 14 އަހަރަށް ވުރެ ގިނަ ދުވަހު މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހިދުމަތްކުރައްވާފައިވޭ 
އޭނާ އަބަދުވެސް މަޖިލީހުގައި ތަމްސީލު ކުރައްވާފައިވާ ވަނީ އޭނާގެ އަމިއްލަ ދާއިރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ