ބޮޑުތިލަދުންމައްޗަކީ ޓޫރިޒަމަށް މާވަހަރެއް ؛ ޖެހެނީ މިކަމާ އުޅެން

ރާއްޖޭގެ ޓޫރިޒަމްގެ ބައިގަރުނުގެ ތާރީހުގައި އެނދު ހުރި އަދަދަށް ބަލާއިރު ޓޫރިޒަމް އެނދުގެ އަދަދު މިވަނީ 60،000 އިން މަތީގަ އެވެ. ނަމަވެސް މި ހުރިހާ ދުވަހެއް ވެގެން ދިޔައިރުވެސް ހއ. އަދި ހދ. އެންމެންދަންނަ ބަހުރުވައިންނަމަ "ބޮޑުތިލަދުންމައްޗަށް" ޓޫރިޒަމް ގެންދިއުން ވަނީ ނާކާމިޔާބުވެފަ އެވެ.
މިކަން އެނގެނީ މި ހިސާބުގައި ހުރި ޓޫރިޒަމް އެނދުގެ އަދަދުންނެވެ. ހދ. ގައި ދެ ރިސޯޓާއެކު ހިންގަނީ އެންމެ 448 އެނދެވެ. އަދި 22 ގެސްޓްހައުސް އެވެ. އަދި ހދ. ގައި ދެ ރިސޯޓެއް ހިންގިނަމަވެސް ހުުރީ 162 އެނދެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، މި ސަރަޙައްދުގައި ހިންގަމުންދާ ރިސޯޓުތަކުގެ ތެރޭގައި ހއ. އަތޮޅުގައި ހުރި ޖޭއޭ މަނަފަރު (84 ވިލާ، އޯލް-އިންކްލޫސިވް މޮޑެލް) އާއި ޖޭ ރިސޯޓްސް އަލިދޫ (98 ވިލާ، ކަނޑުއަޑީގެ ފީނުމުގެ ޚިދުމަތާއެކު) އަދި ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ (ދޮނަކުޅި، ލަގްޒަރީ ސޭންޑް ހައުސް އަދި ވޯޓާ ހައުސް އެކުލެވޭ) ހިމެނެ އެވެ.
ހދ. އަތޮޅުގެ ރިސޯޓުތަކުގެ ތެރޭގައި ސޮނެވާ ސީކްރެޓް (ދިއްޕަރުފުށި، އަލްޓްރާ-ލަގްޒަރީ)، ހޮންޑާފުށި އައިލެންޑް ރިސޯޓް އަދި ބެއާފުޓް އިކޯ ހޮޓެލް (ހަނިމާދޫގައި ހިންގާ ލޯކަލް-އައިލެންޑް ބުޓީކް ހޮޓާ) ހިމެނެ އެވެމިއަށްވުރެ މައްޗަށް ގެންދާ ވާހަކައާއެކު އަންނަނީ ނާގޯށީގެ ވާހަކަ އެވެ. ނުހެދި ހިޔަޔަށްވި މި ރިސޯޓުގެ ސުރުހީތަކެވެ. ނަމަވެސް މި އަތޮޅަކީ ޓޫރިޒަމް ފުޅާކުރަން މާވަރެއްފަދަ އަގުހުރި އަތޮޅެކެވެ.
ކުރީގެ ރީޖަނަލް އެއާޕޯޓު ކުންފުނީގެ އެމްޑީކަން ކުރެއްވި މުހައްމަދު ރިޒުވީ ވިދާޅުވި ގޮތުގައި ހަނިމާދޫ އެއާޕޯޓް މިހާރު ހުޅުވިފައިވުމަކީ ޓޫރިޒަމް ފުޅާކުރަން އޮތް އެންމެ ބޮޑުބާރެވެ. ،މިހާރު މި ސަރަހައްދަށް ޓޫރިޒަމް ނުދާންވީ ސަބަބެއް ނެތެވެ. ނަމަވެސް ސުވާލަކީ މި ކުރިއެރުން ހޯދަން ކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ؟
މި އަތޮޅުގައި ޓޫރިޒަމް ފުޅާކުރަން ހއ. އަދި ހދ. އަތޮޅުގެ ފަތުރުވެރިކަން މެދުވެރިކޮށް މުޅި އުތުރު ސަރަހައްދު ތަރައްގީކުރުމަށް އެޅުނު އެންމެ ބޮޑު ބިންގަލަކީ ހދ. ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިނެއްގެ ދަށުން ފަންޑުކޮށްގެން ހިންގި 2.1 ބިލިއަން ދިވެހި ރުފިޔާގެ މި ބޮޑު މަޝްރޫއު ނިންމައި ރަސްމީކޮށް އިފްތިތާޙުކުރެވުނީ 9، ނޮވެމްބަރު 2025 ގައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްގީކުރެވުނު އިންފްރާސްޓްރަކްޗާ މެދުވެރިކޮށް އުތުރުގެ ރަށްތަކަށް ދުނިޔޭގެ މާކެޓްތަކުން ސީދާ ފަތުރުވެރިން އައުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ. މި ސަރަޙައްދުގެ އިގްތިސޯދު ކުރިއެރުމަށްޓަކައި ބޮޑުތިލަދުންމަތީގެ ސަރަޙައްދުގައި 8,000 ފަތުރުވެރި އެނދު ތަރައްގީކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި އިންވެސްޓަރުންނަށް ހުޅުވާލެވިފައިވާ ފުރުސަތުތައް ބޮޑުވަމުންދާއިރު، މީގެ ސަބަބުން ސަރަޙައްދުގެ ވަޒީފާގެ ބާޒާރަށާއި ލޯކަލް ވިޔަފާރިތަކަށް ވަރަށް ބޮޑު ދިރުމެއް ލިބޭނެ އެވެ.
ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން ވަނީ ހަނިމާދޫއާއި އިންޑިއާގެ ޓްރިވެންޑްރަމް އަދި ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް ފަށާފަ އެވެ. މި ދަތުރުތަކަކީ އިންޑިއާ ފަދަ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކުން ސީދާ އުތުރަށް ފަތުރުވެރިން ގެނައުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
މީގެ އިތުރުން މޯލްޑިވިއަން އިން ވަނީ 13 އޭޕްރީލް 2025 އިން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ޕްރީމިއަމް އިކޮނޮމީ ކްލާސް ތައާރަފްކޮށް، ފަތުރުވެރިންނަށް ދަތުރުމަތީގެ ފަސޭހަކަން އިތުރުކޮށްދީފައެވެ. ނަމަވެސް، އެއާޕޯޓުގެ ފުރިހަމަ ފައިދާ ހޯދުމަށްޓަކައި އެއާޕޯޓާ ގާތްގަނޑަކަށް 40 މިނެޓުގެ ދަތުރުގެ ދުރުމިނުގައި މަދުވެގެން 3,000 އެނދު ތަރައްގީކުރަންޖެހޭ ކަމަށް ކަމާބެހޭ މާހިރުން ލަފާދެއެވެ.
މި ސަރަހައްދުގައި ހުރި އެނދުގެ އަދަދަކީ އެއަރޕޯޓުގެ ޖާގައާ އަޅާބަލާއިރު ކުޑަ މިންވަރަކަށް ވާތީ، މުސްތަޤުބަލުގައި ރިސޯޓުތަކާއި ގެސްޓްހައުސްތައް އިތުރުކުރުމަށް އިންވެސްޓަރުންނަށް ހުރި ފުރުސަތުތައް ވަނީ ފުޅާވެފައެވެ.
ބޮޑުތިލަދުންމަތީގެ ސަރަޙައްދުގައި ޓޫރިޒަމް ކުރިއެރުވުމަށްޓަކައި، ސަރުކާރުން އުތުރުގެ 13 ފަޅެއް ހިއްކައިގެން ރިސޯޓު ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލާފަ އެވެ. މި މަޝްރޫއުތަކުގެ ތެރެއިން ހއ. އަދި ހދ. އަތޮޅުގަ އެވެ.
ދޫކުރި ފަޅުތަކާއި ތަންތަން
ހއ. އަތޮޅު މާދޫނިފަރު (ރީފް) ހެކްޓަރު 200ހއ. އަތޮޅު ކެލާ ފަޅު (ލެގޫން) ހެކްޓަރު 156.2 އަދި 169.3ހދ. އަތޮޅު މަކުނުދޫފަރު (ރީފް) ހެކްޓަރު 200ހދ. އަތޮޅު މާފަރުފަރު (ރީފް) ހެކްޓަރު 200
މި ތަންތަން ދޫކުރަނީ އިމްޕޯޓް ޑިއުޓީ ލުއިތަކުގެ އިތުރުން ގިނަ ލުއިތަކެއް ދީގެންނެވެ. މިގޮތުން ކެޕިޓަލް އިންވެސްޓްމަންޓަށް ބޭނުންވާ ތަކެތިން %15 އާ ހަމައަށް ޑިއުޓީ ލުއި ލިބޭނެ އެވެ. މީގެ އިތުރުން ފަރުނީޗަރު، ބަދިގެއަށް ބޭނުންވާ ސާމާނު އަދި އިލެކްޓްރޯނިކްސް ފަދަ ތަކެތިންވެސް ޑިއުޓީ އިސްތިސްނާކުރެވޭނެއެވެ. ބިންގާ އެޅުމުގެ މުއްދަތު ބިން ކަނޑައަޅާތާ 35 މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަންޖެހޭނެ އެވެ.
މީގެ އިތުރުން، ހަލާލް ޓޫރިޒަމް މޮޑެލްގެ ރިސޯޓުތައް ތަރައްގީކުރުމަށް ސަރުކާރުން ވަނީ ހއ. ބީނާފުށި (2.21 ހެކްޓަރު) ހއ. ކަނޑާލިފިނޮޅު (5.05 ހެކްޓަރު) ގެ އިތުރުން ހދ. މަކުނުދޫފަރު 1 (200 ހެކްޓަރުގެ ސައިޓެއްގެ ތެރެއިން) ކަނޑައަޅާފަ އެވެ. މި ރިސޯޓުތަކަށް އިންވެސްޓްކުރާ ފަރާތްތަކަށް %20 އާ ހަމައަށް އިމްޕޯޓް ޑިއުޓީ އިސްތިސްނާ ލިބޭނެ އެވެ. \
މީގެ އިތުރުން، އޮޕަން ބިޑިންގ މެދުވެރިކޮށް މި ރަށްތައް ހޯދާ ފަރާތްތަކަށް އެކުއިޒިޝަން ފީ އާއި ތަރައްޤީގެ ޚަރަދުތައް 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކުމުގެ ލުއިފަސޭހަކަން ސަރުކާރުން ފޯރުކޮށްދެއެވެ.
މި ސަރަޙައްދުގައި ރިސޯޓުތައް މަދުވުމުގެ މައްސަލައަށް އޮތް އެންމެ ބޮޑު އެއް ހައްލަކީ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު، އަލުން ބާރު ދުވެލީގައި މަސައްކަތް ފެށިފައިވާ ހދ. ނާގޯށި މަޝްރޫ އެވެ. މި ރިސޯޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 183 ކޮޓަރި (ބީޗް ވިލާ، ޖަކޫޒީ ވިލާ އަދި ވޯޓަރ ވިލާ) ތަރައްޤީކޮށް 2027 ވަނަ އަހަރުގެ ކުރީކޮޅު ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ސަބަބުން މި ސަރަޙައްދުން 600 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދޭނެ އެވެ.
ހދ. ކޭލަކުނަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ 2018 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ރަށެކެވެ. މި ރަށުގައި ރާއްޖޭގެ އެހެން ރަށްތަކާ ޚިލާފަށް ބޮޑު "ޖަންގައްޔެއް" އޮންނައިރު، ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ފެންނަން ނެތް ރީތި ގަސްތައް ހުރެ އެވެ. މި މަޝްރޫޢާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވަނީ ފީޒިބިލިޓީ ދިރާސާއެއް ހެދުމަށް ޓެންޑަރަށް ހުޅުވާލާފަ އެވެ. މި މަޝްރޫއުގެ ދަށުން ތިމާވެއްޓަށް ގެއްލުން ނުވާނެ ފަދަ "ފްލޯޓިން ރޫމްތައް" އެޅުމާއި ޒަމާނީ ވިޒިޓާ ސެންޓަރެއް ގާއިމުކުރުން ހިމެނެ އެވެ.
މިހުރިހާ ކަމަކާއެކު އޮތް އެންމެ ބޮޑު ފަސޭހައަކީ އާރުޓީއެލްއިން ހއ އަދި ހދ. ގުޅިފައިވުމެވެ. ޒޯން 1 ގެ ދަށުން ހއ. އަދި ހދ. އަތޮޅުގެ ހުރިހާ މީހުން ދިރިއުޅޭ ރަށްތަކެއް ވަނީ މި ފެރީގެ ވިއުގާއިން ގުޅާލާފައިވުމެވެ. މިހުރިހާ ފުރުސަތުތަކާއެކު ހދ. އަދި ހދ. ވެފައިވަނީ ޓޫރިޒަމަށް ފުރުސަތު ބޮޑު ސަރަހައްދަކަށެވެ. މިކަމަށް ބޭނުންވަނީ ހަމައެކަނި އެކަން ކުރާނެ ސިކުނޑިތަކެވެ. ސަރުކާޜުން އެކަމާ ގުޅުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ