ރައީސްގެ ދަތުރުފުޅުގެ ހަރަދު ހާމަކުރާ މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އދ. ގައި ތަގްރީރު ކުރައްވަން ކުރެއްވި ދަތުރުފުޅުގެ ހަރަދާއި ދަތުރުގެ ތަފްސީލުތައް ހާމަކުރަން އެންގި މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އދ. ގައި ތަގްރީރު ކުރެއްވުމަށް ރައީސާއި ދައުލަތުގެ އިސް ބޭފުޅުންގެ ވަފުދެއް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކާއި ތަފްސީލު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން އޮތީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ކުރިން ނިންމެވުމުން ދައުލަތުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އެ ނިންމުން އިސްތިއުނާފްކުރި އެވެ.
ފަނޑިޔާރުން މަޖިލީހުން ނިންމީ ގާނޫނީ ގޮތުން ބަހުސް ކުރެވޭ ނުކުތާތަކެއް ހިމެނޭތީ އެ މައްސަލަ ބަލައިގަތުމަށް ނިންމީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ