ރިޔާސީ އިންތިޚާބަށް ފޯމު ހުށަހަޅަން، އުމަރު 2،000 ސޮއި ހަމަ ކޮށްފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް އުމަރު ނަސީރު އޭނާގެ ކެނޑިޑަސީ ފޯމާއެކު އިލެކްޝަނަށް ހުށަހެޅުމަށް 2،000 ސޮއި ހަމަކޮށްފިއެވެ.
ކެނޑިޑަސީ ފޯމާއެކު ހުށަހެޅުމަށް ބޭނުންވާ 1،500 ސޮއި ހަމަކުރެއެވިއްޖެކަން ހާމަކުރުމަށް އޭނާގެ ކެމްޕޭން ޓީމާއެކު ރޭ ލައިވްކޮށް ބޭއްވި ފޭސްބުކު އިވެންޓުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މިހާރު ހަމަކޮށްފައިވާ 2،000 ސޮޔަކީ އެންމެ 5 ދުވަހުގެ މަސައްކަތް ކަމުގައެވެ.
އަދި ސޮއި އިތުރުކުރުމަށް ވަރަށް ގިނަ ގެތަކަށް އިތުރަށް ދިއުމަށް އޭނާ ނިންމަވާފައިވާ ކަމުގައެވެ.
އުމަރު ވިދާޅުވު ގޮތުގައި އޭނާގެ ކެނޑިޑަސީ ފޯމު ހުށަހެޅުމަށް ބޭނުންވާ 1،500 ސޮއި ހޯދުމަށް އޭނާ ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް، ވަރަށް ގިނަ ފަރާތްތަކުން އޭނާއަށް ގުޅާ، ފޯމުގައި ސޮއި ކުރުމަށް ބޭނުންވާކަން އޭނާއަށް ގުޅާ ފާޅުކޮށްފައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ