39 ވަނަ ފަހަރު ހައްޔަރުކުރީ ކޯޓުން ވައްކަންކޮށްގެން، އަމިއްލައަށް އެދުނީ ބަންދުކުރަން

ކުށުގެ ރެކޯޑް ގިނަ އަދަދަކަށް އޮންނަ މީހަކު 39 ވަނަ ފަހަރު ކޯޓުން ވައްކަންކޮށްގެން ހައްޔަރު ކުރުމުން އަމިއްލައަށް ޖަލުގައި ބަންދުކުރަން އެދިއްޖެ އެވެ.
އައްޑޫ ސިޓީއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އެ މީހާއަކީ ކުރިން 39 ފަހަރު ހައްޔަރުކޮށް އަދި 19 ފަހަރު ބަންދު ކުރުމަށްފަހު ދޫކޮށްލާފައިވާ މީހެކެވެ.
އޭނާ އިއްޔެ ހައްޔަރުކޮށްގެން ބަންދު މުއްދަތު މަޖިލީހަށް ހާޒިރުކުރީ ޖުވެނައިލް ކޯޓުން ވައްކަން ކޮށްގެންނެވެ. އޭނާ އެތަނަށް ވަނީ ކުޑަދޮރެއް ހަލާކުކޮށްލައިގެންނެވެ.
ކޯޓުގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އަދި އޭނާ އެދެނީ ޖަލުގައި ބަންދުކުރަން ކަމަށް ވެސް ބުނެފައިވެ އެވެ.
އޭނާއަކީ މަސްތުވާތަކެތި ވެސް ބޭނުންކުރާ މީހެއް ކަމަށް ބުނެފައިވާތީ ކޯޓުން ނިންމީ 15 ދުވަހަށް އޭނާ ބަންދު ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ