ކަނޑަށް ވެއްޓުނު ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރު ފެނިއްޖެ

މާލޭގެ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ރޭ ކަނޑަށް ވެއްޓުނު ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރެއް މިހާރު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. 
ފުލުހުން ބުނީ ކަނޑަށް ވެއްޓި އޮޔާ ދިޔަ ކޮންޓެއިނަރުތަކުގެ ތެރެއިން ނުފެނިވާ ތިން ކޮންޓެއިނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ.
އެމްޕީއެލްގެ އޮފިޝަލަކު މިއަދު "މިހާރު"އަށް ވިދާޅުވީ ކަނޑަށް ވެއްޓުނީ ހުސްކޮށް ކޮންޓެއިނަރުތަކެއް ކަމަށެވެ. 
ވިޔަފާރި ބަނދަރު ހިންގާ އެމްޕީއެލްގެ ކޮންޓެއިނަރުތަކެއް އޮޔާދާކަމުގެ މައުލޫމާތު އެ ކުންފުނީގެ ފަރާތުން ލިބުނީ ރޭ 11 ޖެހި ފަހުން ކަމަށް ފުލުހުން ބުންޏެވެ. އެއީ މާލެ ސަރަހައްދަށް ގަދަ ވަޔާ އެކު ވިއްސާރަކުރަމުން ދިޔަ ވަގުތެކެވެ. 
The most trusted news source in the Maldives
ކޮންޓެއިނަރުތަކެއް ބަރުކޮށްގެން ދަތުރުކުރި ބާޖުން ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދު އާއި ފޭދޫފިނޮޅާ ދެމެދުން ކަމަށް ވާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށާއި ފަރުވާތެރިކަމާ އެކު ދަތުރުކުރުމަށް ފުލުހުންނާއި އެމްއެންޑީއެފުން ރޭ އިލްތިމާސްކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ