ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަޙީދު ރައީސުލްޖުމްހޫރިއްޔާއަށް ގުޅުވައިގެން މީސްމީޑިއާގައާއި މީޑިއާތަކުގައި ދައްކާފައިވާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
މަގާމުން ވަކިކޮށްފައިވާ ޝަމްއާން މިއަދު މީޑިއާގައި ވާހަކަދައްކަމުން، ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ މައްޗަށް ކޯޓުތަކުން ފައިސާ ނަގާ ކަމަށްބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އަދި މި މައްސަލަ މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވި ކަމަށާއި، ނަމަވެސް އެސްޓޯނިޔާގައި ހުންނަވައިގެން ރައީސް ދެއްވި ޖަވާބުގައި ވަޒީރާ ދެކޮޅަށް ޝަމްއާން ރޭވުންތަކެއް ރާވާކަމަށް ރައީސް ތުހުމަތު ކުރެއްވި ކަމަށް ޝަމްއާން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، ކުރީގެ ކޮންޓްރޯލަރ ޝަމްއާން ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިއާގައި ފަތުރާފައިވަނީ ހަގީގަތާ ޚިލާފު، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
ޝަމްއާން ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް މީޑިއާގައި މިފަދަ ވާހަކަތަކެއް ދައްކާފައި މިވަނީ، ދައުލަތުން އޭނާގެ މައްޗަށް އުފުލި ފޭރުމުގައި ބައިވެރިވުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގގެ ދައުވާ ވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފައިވަނިކޮށެވެ.
ކޮންޓްރޯލަރ ޖެނެރަލްގެ މަޤާމުން ވަކިކޮށް ޝަމްޢާން އޭރު ހައްޔަރުކުރީ، މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ އަތުން ބިރުދައްކައިގެން ނާޖާއިޒު ބޮޑެތި މަންފާތަކެއް ހޯދަމުންދިޔަ ކަމަށް ތުހުމަތު ކުރެވުނު ސީރިއަސް މައްސަލައަކާ ގުޅިގެންނެވެ.
ރައީސްއާ ގުޅުވައި ޝަމްއާން ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް - ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ