އެމްއައިބީން ދިއްގަރުގައި އާ ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއް ހުޅުވައިފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މ. ދިއްގަރުގައި އެ ބޭންކުގެ އާ ސޭލްސް ސެންޓަރަކާއި، އޭޓީއެމްއެއް ރަސްމީކޮށް ހުޅުވައިފިއެވެ. މި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ދިއްގަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާނާއި، އެމްއައިބީގެ އިސްވެރިންނެވެ. އެމްއައިބީން ބުނި ގޮތުގައި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެެކެވެ. އަދި، އަލަށް ގާއިމުކުރި މި ސޭލްސް ސެންޓަރުން ބޭންކިން ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. ދިއްގަރުގައި އެމްއައިބީން ހުޅުވި އާ ސޭލްސް ސެންޓަރާއި އޭޓީއެމްއެއް -- ފޮޓޯ/ އެމްއައިބީ ހަމައެއާއެކު އަލަށް ހުޅުވުނު އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް ދިއްގަރު ރައްޔިތުންނާއި ވިޔަފާރިތަކަށް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. އެމްއައިބީން ބުނި ގޮތުގައި މި ޚިދުމަތްތައް ފަރުމާކޮށްފައި ވަނީ ބޭންކިން ފަސޭހަކުރުމާއި ރަށުގެ މުޖުތަމައުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށެވެ. މީގެ އިތުރުން ވެސް އެ ބޭންކުން ގެންދަނީ މާލީ ޚިދުމަތް ފޯރުކޮށްދިނުން އިތުރުކުރުމުގެ ގޮތުން މުޅި ރާއްޖޭގައި އެ ބޭންކުގެ ޚިދުމަތްދޭ މަރުކަޒުތަކާއި އޭޓިއެމްތައް ގާއިމުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ