ގޭބިސީގެ އާމްދަނިއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ، މި ހަފުތާގައި އައްޑޫ ސިޓީ ހިމެނޭހެން 3 އަތޮޅެއްގައި ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވެއްޖެއެވެ.
ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭއަކީ، ކޮންމެ 5 ނުވަތަ 6 އަހަރަކުން ކުރިއަށްގެންދާ ސަރވޭއެކެވެ.
އެންމެ ފަހުން އާމްދަނީއާއި ގުޅޭ ސަރވޭ ކުރިއަށް ގެންދިޔައީ 2019ވަނަ އަހަރުއެވެ. އަދި މިފަހަރުގެ ސަރވޭ ފެށީ، މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ. މިއީ، މުޅި ރާއްޖެ ހިމެނޭހެން ކުރިޔަށް ގެންދާ ސަރވޭއެކެވެ. މި ސަރވޭއަށް މައުލޫމާތު އެއްކުރުމުގެ ދެ ބުރެއް މިހާތަނަށް މާލޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަތޮޅުތަކުގައި ސަރވޭގެ މަސައްކަތް ފެށީ މިދިޔަ މަހުއެވެ. އެގޮތުން މިހާތަނަށް ކ އަދި މ އަތޮޅުން ހޮވާލެވުނު ރަށްތަކުގައި ވަނީ ސަރވޭގެ މަސައްކަތް ނިންމާފައެވެ.
ސްޓެޓްސް ބިއުރޯއިން މިހާރު މިވަނީ ސަރެވޭގެ މަސައްކަތް އައްޑޫ ސިޓީ، ލ.އަތޮޅު އަދި ނ.އަތޮގައި ފަށަން ތައްޔާރުވެފައެވެ. މި އަތޮޅުތަކުން ހޮވާލެވުނު ރަށްތަކުގައި، މިމަހުގެ 28ގެ ނިޔަލަށް ސަރވޭގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
* ގޭބިސީގެ އެވްރެޖް ޚަރަދާއި އެކި ކަންކަމަށް ޚަރަދުކުރާ މިންވަރު ދެނެގަތުން
* ރާއްޖޭގެ ފަޤީރު ކަމުގެ މިންގަނޑު އެކުލަވާލުން
* ބާޒާރުގެ އަގުތަކުގެ މިންގަނޑުގެ (ސީ.ޕީ.އައި)ގެ ބުރަދަން އިސްލާހުކުރުން
* ގޭބިސީގެ އެވްރެޖު އާމްދަނީއާއި ޚަރަދުތައް ބެހިފައިވާ ގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް އެކުލަވާލުން
ސަރވޭގައި، ގޭބިސީތަކުން ހަފުތާއަކު ކުރާ ޚަރަދާއި، 3 މަސް، 6 މަސް އަދި 12 މަހުން ކުރާ އެކިއެކި ޚަރަދުތަކުގެ މަޢުލޫމާތު ނަގާނެއެވެ. އެގޮތުން ގޭބިސީގެ އާއްމު މަޢުލޫމާތާއި ވަކިވަކި ފަރުދުންގެ މަޢުލޫމާތާއި ދިރިއުޅުމުގެ ފެންވަރާއި ހަރުމުދަލާ ގުޅޭ މަޢުލޫމަތާއި ވަޒީފާއާއި އާމްދަނީއާއި ގުޅޭ މަޢުލޫމާތު އެއްކުރާނެއެވެ. އަދި ދިރިއުޅުމުގެ ތަފާތު ޚަރަދުތަކާއި ބޭސް ފަރުވާއާއި ދަތުރުފަތުރަށް ކުރާ ހޭދައިގެ މަޢުލޫމާތުވެސް އެއްކުރާނެއެވެ.
ސަރވޭގައި މާލެއާއި ސިޓީތަކުން 2085 ގޭބިސީއިން މަޢުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަތޮޅުތަކުގައި ޖުމުލަ 2010 ގޭބިސީއިން މަޢުލޫމާތު އެއްކުރާނެއެވެ.
މިއާއެކު ޖުމުލަ 4095 ގޭބިސީއެއްގެ މަޢުލޫމާތު އެއްކުރާނެއެވެ. އެހެންކަމުން ސަރވޭއަށް އޮފިޝަލުން ދާ ވަގުތުތަކުގައި ފަސޭހައިން މަޢުލޫމާތު ލިބޭނެ މަގު ފަހިކޮށްދިނުމަށް ސްޓެޓްސް ބިއުރޯއިން ވަނީ އެދިފައެވެ.
މި ސަރވޭގައި އެއްކުރާ ގޭބިސީ އަދި ވަކިވަކި ފަރުދުންގެ މަޢުލޫމާތުގެ ސިއްރު ހިފަހައްޓާނެއެވެ. އަދި މި މަޢުލޫމާތު ނަގާނީ ތަމްރީންކުރެވި، އެކަމުގެ ހުއްދަ ލިބިފައިވާ އޮފިސަލުންނެވެ.
މި ސަރވޭގެ ހޯދުންތައް ރިވިއުކޮށް، އެކަމުގެ ހޯދުންތަކުގެ ރިޕޯޓު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރާނެއެވެ.
އާމްދަނީއާއި ޚަރަދުގެ ސަރވޭ ރަށްތަކުގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ