މިއަހަރުގެ އަމީރުލް ޙައްޖަކަށް ވަޒީރު ސަޢީދު

ޙައްޖުވެރިންގެ އިސްވެރިޔަކަށް، އަމީރުލް ޙައްޖުގެ ގޮތުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.
ކޮންމެ އަހަރެއްގެވެސް ޙައްޖަށްދާ ފަރާތްތަކުގެ ހުރިހާ ކަމެއްގެ އެންމެ އިސްފަރާތަކަށް ބޭފުޅަކު ކަނޑައަޅުއްވަނީ، ރައީސުލްޖުމްހޫރިއްޔާއެވެ. މިއަހަރުގެ އަމީރުލް ޙައްޖު ނުވަތަ ޙައްޖުވެރިންގެ އެންމެ އިސްފަރާތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައިވަނީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށްދާ ހުރިހާ ޙައްޖުވެރިން މިހާރުވަނީ، ސަޢުދީއަށް ގޮސްފައެވެ. ޖުމްލަ 4 ފްލައިޓުގައި ޙައްޖުވެރިން ގެންގޮސްފައިވަނީ، މޯލްޑިވިއަންގެ 2 ފްލައިޓާއި ސަޢުދީއާގެ 2 ފްލައިޓުގައެވެ.
ރާއްޖެއަށް ކޮންމެ އަހަރެއްގެވެސް ޙައްޖު ކޯޓާގެ ގޮތުގައި 1000 ކޯޓާ ސަޢުދީ ސަރުކާރުން އަންނަނީ، ދެއްވަމުންނެވެ. މިއަހަރުގެ ޙައްޖުގެ ކަންކަންވެސް އަމާންކަމާއެކު ގެންދިޔުމަށް ދިވެހި ޙައްޖު މިޝަނާއި، ޙައްޖު ކޯޕަރޭޝަނުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ