ހަނގުރާމައާ އެކު ވެސް މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިކަމެއް ނެތް: ޝިޔާމް
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރަށް ބަދަލުތަކެއް އައި ނަމަވެސް، ސަރުކާރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގައި ދަތިކަމެއް ކުރިމަތި ނުވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި މެދުއިރުމަތީގެ ހަމަނުޖެހުމުގެ ސަބަބުން އެގްރިކަލްޗާ ސެކްޓާއަށް ބޮޑު ލޮޅުމެއް އައިސް، ހަކަތައަށް ކުރަންޖެހޭ ހޭދަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް، މި ސަރުކާރުން އެންމެ ބޮޑު އަހައްމިޔަތުކަމެއް ދެއްވަނީ މަސްވެރިންނަށް މަސްކަނޑުތަކަށް ނުކުމެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށާއި މި އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން ސަރުކާރުން ދެމުންދާ ލުއިތަކާ އެކު މަސްވެރި ސިނާއަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/221824 މަސްވެރިންގެ އެދުމުގެ މަތިން އެސްޓީއޯ ނުވަތަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ލުއިފަސޭހަކަމާ އެކު ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. ވަޒީރު ވިދާޅުވީ މިގޮތަށް ހެދީ މަސްވެރިންގެ އެދުމުގެ މަތިން ކަމަށެވެ. https://sun.mv/222196 ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިދިޔަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް ޖުމުލަ 1,832 އުޅަނދަކަށް 2.5 މިލިއަން ލީޓަރުގެ ތެޔޮ ދޫކޮށްފައިވާ ކަމަށެވެ. "މިއީ މަސްވެރިންނަށް ސަރުކާރުން ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސް ކަނޑުތަކަށް މަސްވެރިން ނިކުތުމަށް ތެލަށް ލުއި ދެއްވުމަށް ވަރަށް ޚާއްސަކޮށް ކުރައްވާ ކަމަކަށްވާތީއާ އެކީގައި އަޅުގަނޑުމެން ވެސް އެންޝުއާކުރަން އެ ކަންތައް ބަރާބަރަށް،" ވަޒީރު ވިދާޅުވިއެވެ. މިހާރު ސަރުކާރުން މިފްކޯ މެދުވެރިކޮށް ތެޔޮ ދޫކުރަމުންދާ އުސޫލުގެ ދަށުން، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5,000 ލީޓަރު، 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3,000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1,500 ލީޓަރު ތެޔޮ ދޫކުރަމުންދާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ