ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއު ނިންމައި އިފްތިތާހުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަޝްރޫއު ނިންމައި އިފްތިތާހުކޮށްފި އެވެ.އެ ލިފްޓްތަކުގެ ތެރެއިން ބައެއް ލިފްޓްތައް މީގެ ކުރިން ނިންމައި ބޭނުން ކުރަމުން އަންނައިރު، ނުނިމި ހުރި ލިފްޓްތަކުގެ މަސައްކަތް ނިންމައި، އިފްތިތާހުކޮށްދެއްވީ މިރޭ އެކަމަށްޓަކައި ހިޔާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.ހިޔާގެ 25 ފަންގިފިލާގެ 16 ޓަވަރު ތަރައްގީ ކުރިއިރު އެތަންތަނުގައި ހަރުކޮށްފައިވަނީ ސްޓްރެޗާ އެރުވޭހާ ޖާގަ ތަނަވަސް ލިފްޓުތަކެއް ނޫނެވެ. އަދި ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކަށް އަރައި ފޭބުމަށް ދަތިވާކަމުގެ ކަންބޮޑުވުން އެ ފްލެޓުގައި ދިރިއުޅޭ މީހުން ވަނީ ފާޅުކޮށްފަ އެވެ. އަލަށް ހަރުކުރި އެ ލިފްޓްތަކަކީ ޖާގަ ތަނަވަސް ގިނަ އަދަދެއްގެ މީހުންނަށް އެރޭ ގޮތަށް ހަދާފައިވާ ތަނެކެވެ. އަދި ބަލި މީހުން އުފުލުމަށް ސްޓެޗަރު ވެސް ފަސޭހަ ކަމާއެކު އެ ލިފްޓަކަށް އެރުވޭނެއެވެ.ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫއުއަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ހޭދަވި ކަމަށް އެޗްޑީސީއިން ހާމަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ