ފާއިތުވި އަހަރު ދުވަހުގައި ކަނޑު މަހާއި ކާބޯތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކުރި މެއި މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް އިން ދައްކާ ގޮތުގައި، އަހަރެއްގެ ތެރޭގައި އެންމެ އަގު އުފުލީ ދަތުރުފަތުރުގެ ހިދުމަތުންނެވެ. ދަތުރުފަތުރުގެ އަގު ވަނީ 9.35 ޕަސެންޓު އުފުލިފަ އެވެ.
ސީޕީއައި އިން ދައްކާ ގޮތުގައި އަހަރު ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ އަގު ވަނީ ވަނީ 5.86 ޕަސެންޓު އުފުލިފަ އެވެ. އެ މުއްދަތުގައި ކަނޑު މަހުގެ އަގު ވަނީ 5.30 ޕަސެންޓު އުފުލިފަ އެވެ.
ދަތުރުފަތުރުގެ ތެރެއިން އެންމެ ބޮޑަށް އުފުލުނީ ވައިގެ ދަތުރުފަތުރުގެ އަގެވެ. ވައިގެ ދަތުރުފަތުރުގެ އަގު 5.6 ޕަސެންޓު އުފުލިފައިވެ އެވެ. ކަނޑު ދަތުރުފަތުރުގެ އަގު އުފުލުނީ 0.81 ޕަސެންޓެވެ.
ކާބޯތަކެތީގެ ތެރެއިން އެންމެ ބޮޑުވީ އެއްގަމު މަހުގެ އަގެވެ. އެއްގަމު މަހުގެ އަގު ވަނީ 8.71 ޕަސެންޓު އުފުލިފަ އެވެ. އަދި ކިރާއި ބިހުގެ އަގު ވެސް އަހަރެއްގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރެއްގެ ތެރޭގައި އަގު ވެއްޓުނީ އަންނައުނާއި މުއާސަލާތީ ހިދުމަތްތަކާއި ކިޔައިދިނުމުގެ ހިދުމަތާއި ފަރުނީޗަރުން އެކަންޏެވެ. އަންނައުނުން ކުޑަވީ 0.62 ޕަސެންޓެވެ. މުއާސަލާމަތީ ހިދުމަތްތަކުން 0.70 ޕަސެންޓު ވަނީ ކުޑަވެފަ އެވެ. އަދި ކިޔަވައިދިނުމުގެ ހިދުމަތްތަކުން 0.02 ޕަސެންޓު ކުޑަވިއިރު، ފަރުނީޗަރުން ވަނީ 0.25 ޕަސެންޓު ކުޑަވެފަ އެވެ.
ދަތުރުފަތުރުގެ އަގުތައް ބޮޑުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެޔޮ އަގުބޮޑުވުމުންނެވެ. ފެބްރުއަރީގައި ފެށި އެ ހަނގުރާމައަށްފަހު ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކުން ވަނީ އަގުބޮޑުކޮށްފަ އެވެ.
އަހަރެއްގެ ތެރޭގައި ދަތުރުފަތުރާއި މަހާއި ކާބޯތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ