ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން 2024 ވަނަ އަހަރު ވައްޓާލި ފަހުން ޔޫރަޕް ގައުމެއްގެ ވެރިއަކު ފުރަތަމަ ފަހަރަށް އެ ގައުމަށް ވަޑައިގެންފި އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާސް ނިސްބަތްވާ ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ދިމިޝްކަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މިއީ ކުރިން ޓެރަރިސްޓެއް ކަމަށް ހުޅަނގުގެ ގައުމުތަކުން ކަނޑައެޅި އަހުމަދު އަލް ޝަރާ އިސްވެ ހުންނަވައި ސީރިއާގެ ވެރިކަން ބަދަލުކުރި ފަހުން ޔޫރަޕްގެ ލީޑަރެއްގެ ފުރަތަމ ދަތުރެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި ދަތުރުން ހާމަވަނީ، ކުރިން އަލްގައިދާގެ ކޮމާންޑަރެއްގެ ގޮތުގައި ހުރި ޝަރާގެ ޒައާމަތުގައި ސީރިޔާގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ބޮޑު ބަދަލެވެ.
ތޭރަ އަހަރުވީ ދާހިލީ ހަނގުރާމައިގައި ސުންނާފަތިވެފައިވާ ސީރިޔާ އަލުން އާރާސްތުކުރުމަށް މަސައްކަތް ކުރަމުން ދާއިރު، އެންމެ އިސްކަމެއް ދެނީ ހުޅަނގާ އެކު އަލުން ގުޅުން ބަދަހިކުރަން ކަމަށް އެނެލިސްޓިން ބުނެ އެވެ.
އަސަދުގެ ވެރިކަން ވައްޓާލި ފަހުން ޔޫރަޕްގެ ލީޑަރެއް ފުރަތަމަ ފަހަރަށް ސީރިއާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ