މި މަހުގެ ކުރީކޮޅު ދުންފަތުން ނަގާ ޑިއުޓީ އަގުހެޔޮ ކުރުމާއެކު ބާޒާރުގައި ވިއްކާ ދުންފަތުގެ ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް ހެޔޮވެއްޖެ އެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ނިންމިތާ ދެ އަހަރު ނުވަނީސް، އެ ނިންމުން ބަދަލުކޮށް ޑިއުޓީ ކުޑަކުރި ގާނޫނު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ ޖުލައި ދޭއްގަ އެވެ.
އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ގެނައި ބަދަލުގެ ދަށުން ކުރިން ސިނގިރޭޓު ވިއްކަމުން އައި އަގަށް ވުރެ 50 ޕަސެންޓު އަގު ހެޔޮވެ އެވެ.
ޑިއުޓީ ކުޑަކުރި އެއް ބާވަތް ކަމުގައިވާ ހީޓަޑް ޓޮބޭކޯ ސިނގިރޭޓު ފޮށީގެ އަގު ވަނީ ހެޔޮ ވެފަ އެވެ. މިގޮތުން ސިނގިރޭޓު ފޮށީގެ އަގު 240ރ. އިން 150ރ. އަށް ވަނީ ވެއްޓިފަ އެވެ. އޭގެތެެރެއިން ބައެއް ބްރޭންޑްގެ ސިނގިރޭޓް ފޮށި މިހާރު 120ރ. އަށް ލިބެ އެވެ.
ނަމަވެސް ޑިއުޓީ ދަށްވީ ހަމައެކަނި ސިނގިރޭޓުން ކަމަށްވާތީ ރޯލިން ޓޮބޭކޯގެ އަގަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. އެގޮތުން ރޯލިން ޓޮބޭކޯގެ ލިބެނީ 130ރ. އާއި 195ރ. އާ ދެމެދުގެ އަގަކަށެވެ.
ސަރުކާރުން މި ބަދަލު ގެނައީ ކަޅު ބާޒާރުގައި ފޭކު ސިނގިރޭޓު އާންމުވުން ހުއްޓުވުމަށާއި ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސިނގިރޭޓުގެ އަގުބޮޑު ކުރުމަކީ މި ސަރުކާރުން ނިންމި އެންމެ ބޮޑު އެއް ނިންމުމެވެ. ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި ގޮތަށް ސިނގިރޭޓުގެ އަގު ބޮޑުކުރީ ނޮވެމްބަރު 2024، ގަ އެވެ. މި ސަރުކާރުން ކޮންމެ ސިނގިރޭޓަކުން 8ރ. ނަގަން ފެށި އެވެ. އަދި، އެފަދަ ޝިޕްމެންޓުތަކުން ނަގަމުން އައި ޑިއުޓީ ވެސް 50 ޕަސެންޓަށް ބޮޑުކުރި އެވެ.
ނަމަވެސް، މިއަދު ތަސްދީގުުރި އިސްލާހުގައި އޮތީ ދުންފަތުން ނަގާ ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް ކުޑަ ކުރުމާއެކު ސިނގިރޭޓަކުން ނަގާ ޑިއުޓީ 8ރ. އިން 4ރ. އަށް ކުޑަ ކުރުމަށެވެ.
ސިނގިރޭޓުން ނަގާ ސްޕެސިފިކް ޑިއުޓީ އިން އެ ހެޔޮވަނީ 50 ޕަސެންޓެވެ. އަދި ދެން ނަގާ ޑިއުޓީ އިން އެ ހެޔޮވަނީ 40 ޕަސެންޓެވެ. އެހެންކަމުން މުޅި ޖުމްލަ ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކުޑަވާނެ އެވެ.
އޭގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީ ކުޑަ ކުރަން ވެސް އެ އިސްލާހުގައި ހިމަނައިފައިވެ އެވެ. އެފަދަ ބާވަތްތަކުގެ ހެޔޮ ކުރަނީ ސިނގިރޭޓާ އެއްވަރަކަށެވެ. މިހާރު ވެސް ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތަކުން ޑިއުޓީ ނަގަނީ ސިނގިރޭޓާ އެއްވަރަކަށެވެ.
ޑިއުޓީ އަގުހެޔޮ ކުރުމުން ބާޒާރުގައި ސިނގިރޭޓުގެ އަގު ދަށަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ