ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ކުދިންތަކެއް މަރުކަޒުން ބޭރަށް ނުކުމެ، އެ ރަށު މީހަކަށް ހަމަލާދީ ބޮޑެތި އަނިޔާތަކެއް ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާ ލިބުނު މީހާ ފެނިފައިވަނީ ފަޅުގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވައެވެ. އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން މިހާރު ދަނީ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.
މި ހާދިސާއާ ގުޅިގެން ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ކުޑަކުދިންގެ މަރުކަޒު ކައިރިއަށް އެއްވެ އިހުތިޖާޖުކޮށްފައެވެ. އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުން ދިޔައީ އެ މަރުކަޒުގައި ތިބި ކުދިން ވަގުތުން ރަށުން ބޭރުކުރުމަށެވެ. ރަށުގެ އާންމު ރައްޔިތުންގެ މެދުގައި މިކަމާ ގުޅިގެން ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ.
ފުލުހުން ބުނެފައިވަނީ މި މާރާމާރީގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް މި މައްސަލައިގައި އެއްވެސް ކުއްޖަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ހޯރަފުށީގައި ގާއިމުކޮށްފައިވާ މި ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ ކުށުގެ ވެށީގައި އުޅޭ ކުދިން އަނބުރާ މުޖުތަމައަށް ނެރުމަށްޓަކައި، އެކުދިން އިސްލާހުކޮށް ރިހިބިލިޓޭޓް ކުރުމުގެ މަގުސަދުގައި މިދިޔަ އަހަރު ހުޅުވި މަރުކަޒެކެވެ.
ހޯރަފުށީ ކުޑަކުދިންގެ މަރުކަޒުގައި ދިރިއުޅޭ ތިން ކުއްޖަކު މީހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ