މީހުން ކިޔާނީ މީހަކު ޖަލަށް ލައިފިއްޔާ އަނިޔާއޭ: ރައީސް މައުމޫން

މީހަކު ޖަލަށްލައިފިއްޔާ ބަޔަކު މީހުން އަބަދުވެސް އެއީ އަނިޔާއެކޭ ކިޔާނެ ކަމަށާއި، އެކަން އަނިޔާއަކަށް ނުވާނެ ކަމުގައި އެމްއެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރޭ ވީޓީވީގެ “ބޮޑުފެންޑާ” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކުށް ނުކޮށް ހުރި މީހަކު ޖަލަށް އަދި އަރުވާލާފައި ނުވާނެ ކަމަށާއި އެ ކަންކަން ކުރިއަށް ގޮސްފައި އޮންނާނީ ގަވާއިދުގެ ތެރެއިން ކަމަށެވެ.
ރައީސް މައުމޫންގެ ވެރިކަމަކީ އެންމެ އަނިޔާ =ވެރި ވެރިކަން ކަމަށް އެމްޑީޕީން އައީ ކުރިން ބުނަމުންނެވެ. އެކަމަކު މިހާރު ރައީސް މައުމޫން އާއި އެމްޑީޕީ ސަރުކާރު ތިބީ އެއްގަލަކަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ