އިޔާދަކުރަނިވި ހަކަތަ ދާއިރާގެ ކޯސްތަކެއް ހިންގަން ހަނިމާދޫ ކައުންސިލާއި އެމްއައިޓީއީ ކޮލަޖާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ހދ. ހަނިމާދޫގައި އިޔާދަކުރަނިވި ހަކަތައާއި ގުޅުންހުރި ކޯސްތަކެއް ކުރިއަށް ގެންދިއުމަށް ހަނިމާދޫ ކައުންސިލުން އެމް.އައި.ޓީ. ކޮލެޖާއެކު ފަހުމުނުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ކޯސްތަކަކީ ހއ އަތޮޅާއި ހދ އަތޮޅަށް އަމާޒުކޮށްގެން ހަނިމާދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކެކެވެ.
މި އެއްބަސްވުމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ވިދާޅުވީ، އަމާޒަކީ މިހިސާބުގެ މިފަދަ ގިނަ ކޯސްތައް ހަނިމާދޫއަށް ގެންދިއުން ކަމަށެވެ.
އެގޮތުން ހަނިމާދޫގައި ވާނީ މިފަދަ ހަރަކާތްތައް ހިންގޭފަދަ އެއްމެ ޒަމާނި މާލަމެއް ރައްޔިތުންގެ މާލިޔަތުން ތަރައްގީކޮށް އެއަރކޯންކޮށް ޑިޖިޓަލް ކުރަންފެށިފައިކަން ފިރާގް ވަނީ ފާހަގަކުރަށްވާފައެވެ.
މި މަސައްތުގެ ނަތީއްޖާއެއްގެ ގޮތުން މިފަދަ ޕްރޮގްރާމްތައް ހަނިމާދޫގައި ހޯސްޓްކުރަން ފުރުސަތުލިބެމުން އަންނަކަމަށް ވެސް ފިރާގް ވަނީ ފާހަގަކުރަށްވާފައެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގާނެ ކޯސްތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ