ގަވިންއިން އެފްޑީސީގެ ފުލެޓުތަކަށް ބަދިގެ ސެޓް ކަސްޓަމައިޒްކޮށްދެނީ

ގަވިންއިން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ 4،000 ފުލެޓުތަކަށް ޚާއްސަ ބަދިގެ ސެޓް ހަދައިދޭ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ. ގަވިންއިން އެކި އެޕާޓްމަންޓްތަކަށް އެކި ޑިޒައިންގެ ޚާއްސަ ބަދިގެ ސެޓު ތަކެއް ހަދައިދޭއިރު 70،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަގުތަކަށް ފެތޭ ގޮތަށް ޚާއްސަ ޕެކޭޖުތަކެއް މިހާރު ލިބެން ހުންނާނެއެވެ. ބޭނުން ސައިޒަކަށް އަދި ބޭނުން ޑިޒައިނަކަށް ކަސްޓަމަރުން ބޭނުންވާ މެޓީރިއަލްއަކުން ކަސްޓަމްކޮށް ބަދިގެ ސެޓްތައް ހަދާލެވޭނެއެވެ. ކަސްޓަމަރުން އަމިއްލައަށް ޑިޒައިން ހިފައިގެން އައިސްފިނަމަ 3ޑީކޮށް ކުރަހައިދޭނެއެވެ. އަދި ގަވިންގެ އިންޓީރިއާ ޑިޒައިނަރުގެ އެހީތެރިކަމާއެކު އެދޭ ގޮތަކަށް ޑިޒައިންކޮށް، ކުރުހައިދޭނެއެވެ. ފަސޭހަކަމާއެކު ގަވިން ބްރޭންޑްގެ މެޓީރިއަލްސް އަދި ބަދިގެ ސެޓަށް ޚާއްސަ އެންމެ ފަހުގެ ޓްރެންޑިން އެއްޗެހި ބޭނުންކޮށްގެން ބަދިގެ ސެޓު ހަދާލެވޭނެއެވެ. އެގޮތުން ޑިޝް ރެކް، އަވަން ހުޑް، މައިކްރޯވޭވް، ސިންކު، ފްރިޖު، ޑަސްބިން، އެކި ޑިޒައިންގެ ސްޕައިސް ރެކް އަދިވެސް ބަދިގެ ސެޓަށް ލެވޭނެ އިތުރު މެޓީރިއަލްސް ގަވިންއިން ލިބޭނެއެވެ. ގަވިންއިން އެފްޑީސީގެ 4،000 ފުލެޓުތަކަށް ޚާއްސަ ބަދިގެ ސެޓް ކަޒްޓަމައިޒްކޮށް މިހާރު ހަދާލެވޭނެ -- ފޮޓޯ/ ގަވިން ގަވިންއިން ބުނި ގޮތުގައި ފައިސާ އެއްފަހަރާ ދައްކަން އުނދަގޫވާނަމަ ބީއެމްއެލް އިސްލާމިކް، އެމްއައިބީ އަދި އެމްއެފްއެލްސީގެ ޚިދުމަތް ވެސް ފޯރުކޮށްދެވޭނެއެވެ. ބަދިގެ ސެޓުގެ އިތުރުން ގަވިންއިން ގޭތެރޭގެ އިންޓީރިއާ ޑިޒައިންއަށް ބޭނުންވާ ހުރިހާ ވައްތަރެއްގެ ކަސްޓަމް ފާނިޗާ އަދި ކަސްޓަމް ކާޓެއިން ވެސް އިންސްޓޯލްކޮށްދޭނެ ކަމަށް ގަވިންއިން ބުންޏެވެ. އެގޮތުން ދޮރުފޮތި މިންއަޅައިދީ ބޭނުން ޑިޒައިނަކަށް ފަހައިދީ އިންސްޓޯލް ކޮށްދޭނެއެވެ. އަދި ލައިޓްސް، ޑައިނިން ޓޭބަލް، ލޯގަނޑު އަދި އެނދުގެ ބެޑްޝީޓް ފަދަ ތަކެތި ވެސް ގަވިންއިން ލިބޭނެއެވެ. ގަވިންއިން ބުނި ގޮތުގައި 4،000 ފުލެޓުތަކަށް މި ޚާއްސަ ޕެކޭޖުގެ އިތުރުން ކަސްޓަމްކޮށް އެބޭފުޅަކު ބޭނުންވާ ޑިޒައިނަކަށް ވެސް ބަދިގެ އަދި އެހެނިހެން ފަރުނީޗަރު ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ގަވިންއިން އެފްޑީސީގެ 4،000 ފުލެޓުތަކަށް ޚާއްސަ ބަދިގެ ސެޓް ކަޒްޓަމައިޒްކޮށް މިހާރު ހަދާލެވޭނެ -- ފޮޓޯ/ ގަވިން ގަވިންގެ ޝޯރޫމް މާލެއާއި ހުޅުމާލޭގައި ހުންނައިރު މާލޭގައި ޝޯރޫމް ހުންނަނީ ކުރީގެ ސްޓާ ސިނަމާ ކުރިމަތި، އަދި މިހާރުގެ ސްޓާ ކްލައުޑް ކުރިމައްޗަށްވާ ގޮތަށް ހުންނަ މ. އިހާލީގައެވެ. އެ ފިހާރައަށް 9588833 ނަންބަރުން ގުޅޭނެއެވެ. އަދި، ހުޅުމާލޭގައި ޝޯރޫމް ހުންނަނީ ރީތިގަސް މަގުގައި ކަމަށްވާއިރު، 9588899 ނަންބަރުން ގުޅޭނެއެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00 އިން ފެށިގެން ރޭގަނޑުގެ 22:00 އަށް ހުޅުވިފައި ހުންނާނެއެވެ. ގަވިން ޕްރައިވެޓް ލިމިޓެޑްއަކީ ކަސްޓަމަރުން ބޭނުންވާ ޑިޒައިންތަކަށް ފަރުނީޗަރު ހަދައި، އިންޓީރިއާ ޑިޒައިން އާއި ގިނަ އަދަދެއްގެ ގޭގެ އަދި ބަދިގޭގެ އެކްސެސަރީޒްތަކަށް ޚާއްސަވެފައިވާ ފިހާރައެކެވެ. ގަވިންގެ ފޭސްބުކް ޕޭޖް: https://www.facebook.com/Gawindecor
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ