އެ މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލާފަ އެވެ.
ބަނގުރާ ބޭނުންކޮށް ވިޔަފާރި ހިންގި ބަޔަކު ހައްޔަރުކޮށްފި އެވެ.
އެ މީހުން ހައްޔަރު ކުރީ އާ އަހަރާ ގުޅުވާ ފުލުހުން ރޭ ހިންގި އޮޕަރޭޝަންގަ އެވެ. އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ދިވެހި ތިން ފިރިހެނުންނެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތަށް ކަމަށެވެ.އެ ތިން މީހުންގެ ވަނަވަރާ ފޮޓޯ ވެސް ވަނީ އާންމު ކޮށްފަ އެވެ. އެއީ ޒުވާން ތިން ފިިރިހެނުންނެވެ.އެ މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލާފަ އެވެ. އެ މީހުން ދޫކޮށްލީ ޝަރުތުތަކެެއް ކުރުމަށް ފަހު އެވެ.އެ މީހުން ދޫކޮށްލި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ބަނގުރާ ބޭނުންކޮށް ވިޔަފާރި ހިންގި ބަޔަކު ހައްޔަރު، ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ