ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ފަށައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ފަށައިފިއެވެ.
ސުޕްރީމް ކޯޓުން އެ މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މިއަދު މެންދުރުފަހު 3:00 އަށެވެ. އެހެންނަމަވެސް ސްޕްރީމް ކޯޓު ހިމެނޭ ސަރަޙައްދުން ކަރަންޓު ކެނޑުމުގެ ސަބަބުން އަޑުއެހުން 3:45 ލަސްކުރިއެވެ.
އެ ސަަރަހައްދުގައި ސަބްސްޓޭޝަނަކަށް މައްސަލައެއް ޖެހިގެން ކަރަންޓު ކެނޑުނު ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް ސުޕްރީމް ކޯޓަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
ކަރަންޓު މައްސަލަ ހައްލުވެ މައްސަލައިގެ އަޑުއެހުން ފަށާފައިވާއިރު މައްސަލައިގެ ޝަރީއަތް ފަށަފައިވަނީ 7 ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި ބެންޗުގެ ރިޔާސަތުގައި އިންނެވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ