މިފްކޯގެ އާ ބޯޓު ޖަޒީރާ 103 ރާއްޖެ ގެނެސްފިއެވެ.
މިފްކޯއިން ބުނީ، މި ބޯޓު ރާއްޖެ ގެނެސްފައި ވަނީ މިއަދު ކަމަށާއި، މި ބޯޓަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ ބޯޓެއް ކަމަށެވެ.
މީގެއިތުރުން މި ބޯޓުން ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭއިރު، 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.
މިފްކޯއިން ވަނީ މަސް ކިރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް އާ ހަތަރު ބޯޓު ގަނެފައެވެ. އޭޣެ ތެރެއިން އެއް ބޯޓު މިހާރު ރާއްޖެ ގެނެވިފައިވާއިރު، ބާކީ ބޯޓުތައްވެސް ރާއްޖެ ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިފްކޯގެ އާ ބޯޓު ޖަޒީރާ 103 ރާއްޖެ ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ