މާލޭގައި ހުރި ބާ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު މިޑީއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ޝަހީމް ވަނީ މާލެ ސަރަހައްދުގައި މިހާރު ކުރިޔަށްދާ ބައެއް މިސްކިތް މަޝްރޫއުތަކުގެ އަދާހަމަ ހާމަކުރައްވާފައި އެވެ.
އެގޮތުން އެންމެ އަވަހަށް މާލޭގައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހުޅުވޭނީ ބަރުބަރީ މިސްކިތް ކަމަށް ޝަހީމް ވިދާޅުވިއެވެ. މި މިސްކިތް އަންނަ ޑިސެމްބަރު މަހު ހުޅުވިގެންދާނެކަން ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޒިކުރާ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ޖަނަވަރީ މަހުގައި ފެށި ވިލިމާލެ ސަލާމް މިސްކިތް ތަޅާލައި އެތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތްވެސް ދާދި އަވަހަށް ފެށޭނެކަން ޝަހީމް ފާހަގަކުރެއްވި އެވެ.
ޝަހީމް އިތުރަށް ވިދާޅުވީ މާލޭގެ ބޮޑުގެ މިސްކިތުގެ ބިންގާ މާދަމާ އެޅި އެމަސައްކަތް އެ އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.
މި ހުރިހާ މަޝްރޫއަކަށް މިހާރު ސްޕޮންސަރ ލިބިފައިވާކަންވެސް ޝަހީމް ފާހަގަކުރެއްވި އެވެ. އަދި މާލެ ސިޓީގައި ހުރި ބާ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެުކަމަށް ވިދާޅުވިއެވެ.
މާލެ ސިޓީގައި ހުރި ބާ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރަނީ: ބައެއް މަޝްރޫއުތަކަށް މިހާރު ސްޕޮންސާ ލިބިފައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ