ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ އިސްލާމިކް ސްލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ އޯޕަން ބައިގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ލޯ މެޑަލް ހޯދައިފި އެެވެ.
މިއީ، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އިން ރާއްޖެ އަށް ލިބުނު ދެ ވަނަ މެޑަލް އެވެ. މީގެ ކުރިން، 2022 ވަނަ އަހަރު ޓީޓީ އަންހެން ޓީމުން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.
މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ދީމާ އާއި ރަފާގެ ޕެއާ އަށް އަންހެން ޑަބަލްސް އިން ލޯ މެޑަލް ލިބުނީ ސެމީ ފައިނަލުގައި ތުރުކީގެ އެޝޭ ހަރާޝް އާއި އޮޒްގޭ ޔިލްމާޒްގެ ޕެއާ އަތުން ބަލިވުމުންނެވެ. އެޝޭ އާއި އޮޒްގޭގެ ޕެއާ އިން މި މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މެޗުގެ ފުރަަތަމަ ދެ ސެޓު، އެޝޭ އާއި އޮޒްގޭ އަށް ލިބުނީ 11-07، 11-05 އިންނެވެ. ތިން ވަނަ ސެޓުގައި ރަފާ އާއި ދީމާ ކުޅުން ރަނގަޅުކޮށް، 07-11 އިން ސެޓު ގެންދިޔަ އެެވެ. އެހެން ނަމަވެސް، ހަތަރު ވަނަ ސެޓު، 11-06 އިން ގެންގޮސް އެޝޭ އާއި އޮޒްގޭ މެޗުން މޮޅުވީ އެވެ.
ސެމީ ފައިނަލް މެޗުގެ ތެރެއިން ރަފާ (ވ) އާއި ދީމާ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު
ރަފާ އާއި ދީމާ، ފުރަތަަމަ ކުުޅުނީ ގަދަ 16 ބުރުގައި ޕާކިސްތާންގެ ހޫރު ފަވާދު އާއި ހަލްސޫމް ހާންއާ ދެކޮޅަށެވެ. އެ މެޗުން ރަފާ އާއި ދީމާގެ ޕެއާ 3-0 އިން މޮޅުވިއިރު، ސެޓުތައް ގެންދިޔައީ، 11-07، 11-07 އަދި 11-09 އިންނެވެ.
އެ އަށް ފަހު، ކުއާޓާ ފައިނަލް މެޗުގައި، ރަފާ އާއި ދީމާ ވާދަކުރީ މިސްރުގެ ޔުސްރާ އަޝްރަފް އަބްދެލްރައްޒާގު އާއި ހެންދު މުހައްމަދު ފާތީ އަބްދެލްހަލީމްގެ ޕެއާއާ އެވެ. އެ މެޗުން ރަފާ އާއި ދީމާ ވަނީ ވާދަވެރި ކުޅުމަކަށް ފަހު، 3-1 ސެޓުން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، ފުރަތަމަ ސެޓުން، 03-11 އިން މިސްރުގެ ޔުސްރާ އާއި ފާތީގެ ޕެއާ މޮޅުވެގެންނެެވެ. އެކަމަކު، ދެން ކުޅުނު ތިން ސެޓުން މޮޅުވެ، ރަފާ އާއި ދީމާ ސެމީ ފައިނަލުން ޖާގަ ހޯދީ އެވެ. ދީމާ އާއި ރަފާ، ސެޓުތައް ގެންދިޔައީ، 11-09، 13-11 އަދި 11-05 އިންނެވެ.
އޯޕަން ބައިގެ ފިރިހެން ޑަބަލްސްގައި ރާއްޖޭގެ މޫސާ މުންސިފް އަހުމަދު އާއި މުހައްމަދު ޝައްފާން އިސްމާއިލްގެ ޕެއާ އިން ކުއާޓާ ފައިނަލުގައި ވާދަކުރިއިރު، މިކްސް ޑަބަލްސް އިން މުންސިފް އާއި ރަފާގެ ޕެއާ ވެސް ވަނީ ކުއާޓާގައި ކުޅެފަ އެެވެ.
ދީމާ އާއި ރަފާ އަށް އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އިން ލޯ މެޑަލް ހޯދައިފި ދީމާ އާއި ރަފާ އަށް އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އިން ލޯ މެޑަލް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ