ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ ޖަލްސާއާ ފުށޫއަރާތީ، ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމާފައި އޮތް ސަލަފު ޖަމިއްޔާގެ ދީނީ ދަރުސް އެހެން ރެއަކަށް ފަސްކޮށްފި އެވެ.
އެޗްޑީސީއާ ގުޅިގެން ބާއްވަން ނިންމާފައި އޮތް އެ ދަރުސް ފަސްކުރިކަން ސަލަފު ޖަމިއްޔާއިން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް ފަސްކުރި ސަބަބެއް، އަދި ދެން ބާއްވާނެ ތާރީހެއް ހާމައެއް ނުކުރެ އެވެ.
އެޗްޑީސީގެ އޮފިޝަލަކު އަދަދު ނޫހާ ވާހަކަ ދައްކަމުން ބުނީ "ދަރުސް ފަސްކުރީ ރައީސްގެ ޖަލްސާ އޮންނާތީ" ކަމަށެވެ.
ދަރުސް ފަސްކުރި ސަބަބާ ގުޅޭ ގޮތުން ސަލަފު ޖަމިއްޔާގެ ބަހެއް ނުލިބުނެވެ.
ނޮވެމްބަރު 14، ވަނަ ދުވަހުގެ ރޭ ޕީއެންސީން އާޓިފިޝަލް ބީޗުގައި އެއްވުމެއް ބާއްވަން އިއުލާނު ކުރީ، އެމްޑީޕީން ނޮވެމްބަރު 17 ގައި މުޒާހަރާ ކުރުމަށް އިއުލާނުކޮށްފައި ވަނިކޮށެވެ. އެ ޖަލްސާ ބާއްވަނީ މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރިކަން ފާހަގަ ކުރުމަށް ކަމަށް ޕީއެންސީން ބުނެ އެވެ.
މި ހަރަކާތާ ފުށޫއަރާތީވެ ހެލްތު އެކްސްޕޯ ވެސް ހުކުރު ދުވަހު ނުބާއްވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމުގެ މަގުސަދުގައި ހެލްތު މިނިސްޓްރީން ބާއްވާ ތިން ދުވަހުގެ މި އެކްސްޕޯ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވުމަށް ރާވާފައި އޮތީ ނޮވެމްބަރު 13-15 އަށެވެ. ނަމަވެސް ހުކުރު ދުވަސް ކެންސަލް ކުރުމަށް ފަހު، އެކްސްޕޯގެ ނިންމުން އާދީއްތަ ދުވަހަށް ވަނީ ފަސްކޮށްފަ އެވެ.
ދީނީ ދަރުހަށް ވުރެ ސަލަފަށް މުހިންމުވީ މުއިއްޒުގެ ސިޔާސީ އެއްވުން ދީނީ ދަރުހަށް ވުރެ ސަލަފަށް މުހިންމުވީ މުއިއްޒުގެ ސިޔާސީ އެއްވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ