ޢާއިޝަތު ރަފާޙް ޢަލީ
"ޝެއިޚްއެވެ!
ކީރިތި ޤުރްއާނުގައި މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ 'ތިމަން އިލާހު ގިނަގިނައިން ހަނދުމަކުރާށެވެ' މި އަމުރުފުޅަކީ ހަމައެކަނި ދުލުން ކުރާ ޒިކުރަށް އިޝާރާތްކުރައްވާފައިވާ ކަމެއްތޯ؟ ނުވަތަ މާތްﷲގެ ނިޢުމަތްތަކާމެދު ވިސްނާ ފިކުރުކުރުންވެސް އެކަލާނގެ ގިނަގިނައިން ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ ކަމެއްތޯ؟ އަދި މި ދެބައި އެކުލެވޭ ގޮތަށް މާތްﷲ ހަނދުމަކުރުމުގެ މުހިންމުކަމާމެދު ޝައިޚް ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ؟"
ޖަވާބު:
ދުލުން سبحان الله، الحمدالله، الله أكبر، لا إله إلا الله ކިޔުމުގެ ދަރަޖައަކީ ވަރަށް މަތިވެރިކަން ބޮޑު ދަރަޖައެކެވެ. "މި ހަތަރު ޖުމްލައިގެ ޒިކުރުތަކަކީ، ޤުރުއާނުލްކަރީމަށް ފަހު، މާތްﷲ އަށް އެންމެ ލޮބުވެތިވެގެންވާ ޒިކުރުތަކެވެ. އެހެންކަމުން، ޤުރުއާނަށް ފަހު އަޅުގަނޑުމެންނަށް ކިޔޭނެ، މާތްﷲ އަށް އެންމެ މަޤްބޫލު އަދި މުހިންމު ބަސްތަކަކީ މި ހަތަރު ޖުމްލައެވެ.
އެހެންނަމަވެސް، މާތްﷲ ހަނދާންކުރުމަކީ ހަމައެކަނި ދުލުން ޒިކުރުކުރުމަށް ވުރެ މާ ފުޅާ އަދި ފުން މަފްހޫމެކެވެ. މިގޮތުން، މާތްﷲ ގެ މުޅި ޚަލްޤުކުރެއްވުމާއި އެކަލާނގެ ނިޝާންތަކާމެދު ފިކުރުކުރުމާއި، ޤުރުއާން ކިޔަވާއިރު ފުންކޮށް ވިސްނުން ނުވަތަ ތަދައްބުރުކުރުން ހިމެނެއެވެ. އެބަހީ، ޤުރުއާން ކިޔަވާއިރު ވަކި އާޔަތެއްގެ ނުވަތަ އެއަށްވުރެ ގިނަ އާޔަތްތަކެއްގެ ފުން މާނަތަކާމެދު ވިސްނުމަކީވެސް މާތްﷲ ހަނދާންކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެހެންކަމުން، މާތްﷲ ހަނދާންކުރުމަކީ ހަމައެކަނި ދުލުން ޒިކުރުގެ ޖުމްލަތައް ތަކުރާރުކޮށް ކިޔުމަށް ހަނިވެފައިވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އަޅުގަނޑުމެންގެ ހިތާއި، ވިސްނުމާއި، އަދި އަމަލުތަކުން ވެސް ކުރެވޭ، މާ ފުޅާ އަދި ޝާމިލު އަމަލެކެވެ."
- ޝައިޚް ޢާޞިމް އަލްޙަކީމް
ﷲގެ ނިޢުމަތްތަކާމެދު ވިސްނުމަކީވެސް ﷲ ތަޢާލާ ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ ކަމެއްތޯ؟ އަނގައިން ކިޔާ ޛިކުރު ފަދައިން ޘަވާބުދެއްވަވާނެތޯ؟: ޝައިޚް އާސިމް އަލް ޙަކީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ