ޓިއުރިން (ނޮވެމްބަރު 13) - އިޓަލީގައި ކުރިއަށްދާ އޭޓީޕީ ފައިނަލްސްގެ ތެރެއިން ދެ ސަޕޯޓަރަކު ހިތްހުއްޓިގެން މަރުވެފައިވާ ކަމަށް އިޓާލިއަން ޓެނިސް ފެޑެރޭޝަން (އެފްއައިޓީޕީ) އިން ބުނެފި އެވެ.
އެފްއައިޓީޕީން ބުނީ، އޭޓީޕީ ފައިނަލްސް ކުރިއަށްދާ އިނަލްޕީ އެރީނާގައި ސިއްހީ ކުއްލިހާލަތެއް ދިމާވެގެން، ހިނގި ތަފާތު ދެ ހާދިސާގައި، މަރުވެފައިވަނީ، 70 އަހަރުގެ މީހަކާއި 78 އަހަރުގެ މީހެއް ކަމަށެެވެ.
ހާދިސާތައް ދިމާވުމުން، ވަގުތުން ދެވެން ހުރި މެޑިކަލް އެސިސްޓަންސެއް ސްޓޭޑިއަމް ތެރެއިން ދިނުމަށް ފަހު، ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާ ދީގެން ވެސް އެ ސަޕޯޓަރުންގެ ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށް އޭޓީޕީ އާއި އެފްއައިޓީޕީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ފުރަތަމަ ހާދިސާ ހިނގުމާ ގުޅިގެން، އޭޓީޕީ ފައިނަލްސްގައި އިޓަލީގެ ލޮރެންޒޯ މުސެޓީ އާއި އެމެރިކާގެ ޓޭލާ ފްރިޓްޒް ކުޅެން އޮތް މެޗު ވަނީ ފެށުން ފަސްކޮށްފަ އެވެ. އޭޓީޕީ ފައިނަލްސްގައި، އިޓަލީގެ ދެ ކުޅުންތެރިން ކަމަށްވާ މުސެޓީ އާއި އެންމެ ފަހުގެ ޗެމްޕިއަން، ޖަނިކް ސިނާ އަށް ސަޕޯޓްކުރަން ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ މެޗުތަކަށް ދަމުންނެވެ.
މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅެނީ، 12000 ސަޕޯޓަރުންގެ ޖާގައިގެ އިނަލްޕީ އެރީނާގަ އެވެ. މި ފަހަރުގެ އޭޓީޕީ ފައިނަލްސްގައި ޖުމްލަ އެކު، 15.5 މިލިއަން ޑޮލަރުގެ އިނާމް ފައިސާ ބަހާނެ އެވެ. މިއީ، މިހާތަނަށް މި މުބާރާތުގެ ތާރީހުގައި އެންމެ ބޮޑު އިނާމް ފައިސާ ބަހާނެ ފަހަރެވެ.
އޭޓީޕީ ފައިނަލްސް ތެރެއިން ހިތްހުއްޓިގެން ދެ ސަޕޯޓަރަކު މަރުވެއްޖެ އޭޓީޕީ ފައިނަލްސް ތެރެއިން ހިތްހުއްޓިގެން ދެ ސަޕޯޓަރަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ