އެންޑީއޭގެ ޗެއާމަނަކަށް ސިއްދީގު
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ކަމުގެ މަގާމު ހުސްކޮށް އޮންނަތާ ދެ މަހެއްހާ ދުވަސްފަހުން, ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު އެ މަގާމަށް އައްޔަންކޮށްފި އެވެ.ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ އެންޑީއޭއަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ސިއްދީގު އައްޔަންކުރެއްވީ އިއްޔެ އެވެ.ސިއްދީގު އިއްޔެ ވަނީ އެންޑީއޭގެ ސީނިއާ މެނޭޖްމަންޓް ޓީމާވެސް ބައްދަލުކުރައްވާފަ އެވެ.އެންޑީއޭގެ ޗެއާމަންގެ މަގާމުގައި ކުރިން ހުންނެވި ލުބްނާ ޒާހިރު ހުސައިން ވަނީ ފޮރިން މިނިސްޓްރީއަށް ބަދަލުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ