ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ ބްލޫ ލެގޫން ލަގްޒަރީ ރެޒިޑެންސްގެ މަސައްކަތް ފެށުމަށް ބޭނުންވާ ފުރަތަމަ ހުއްދަތައް ލިބި، މަސައްކަތް ފަށައިފި އެވެ.
ރާއްޖޭގެ ލަގްޒަރީ ހައުސިން މާކެޓަށް އިންގިލާބީ ބަދަލެއް ގެނުވާނެ މި މަޝްރޫއު ފެށުމަށް ބޭނުންވާ ޕްލިމިނަރީ ހުއްދަތައް ލިބުމާ އެކު މިއީ މި މަޝްރޫއުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ގެންދިޔުމަށް ލިބުނު ބާރެކެވެ. އެ މަޝްރޫއުގެ ޕްރޮޖެކްޓު ސައިޓުގައި މިހާރު ވެސް ބައެއް މަސައްކަތްތައް ވަނީ ފަށައިފަ އެވެ.
ލަގްޒަރީ ހައުސިންގައި ހުންނާނެ ހުރިހާ ސިފަތަކެއް ފުރިހަމަކޮށް ތަރައްގީ ކުރާ ބްލޫ ލެގޫން ހައުސިން ޕްރޮޖެކްޓަކީ އާއިލާތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މަޝްރޫއެކެވެ.
ފަހުގެ އެޕާޓުމެންޓުތަކުގައި ހުންނާނެ ގިނަ ކުލަތަކާއި ސިފަތައް ބްލޫ ލެގޫންގެ އެޕާޓުމެންޓުތަކުން ފެންނާނެ އެވެ.
މި މަޝްރޫއުގައި 30،000 އަކަފޫޓަށް ވުރެ ބޮޑު އޯޕަން ސްޕޭސްތައް ހިމެނެ އެވެ. އޭގެ ތެރޭގައި:
ބަގީޗާއަށް ހާއްސަ 4،500 އަކަފޫޓު
ދެ ފަންގިފިލާ ހިމެނޭ 16،500 އަކަފޫޓުގެ ކްލަބްހައުސްއެއް؛ މިތަނުގައި ފެމިލީ އެންޓަޓެއިންމަންޓް ސެންޓަރެއްގެ އިތުރުން ޑޭކެއާއަކާއި ޕްރައިވެޓް ތިއޭޓަރު، މަލްޓިޕާޕަސް ހޯލް، ކޮންފަރެންސް ރޫމެއް އަދި ޖިމެއް ހުންނާނެ
ކުޑަކުދިން ކުޅެން ހާއްސަ 2،500 އަކަފޫޓުގެ ސަރަހައްދެއް
ރާއްޖޭގައި ހުރި އެންމެ ބޮޑު ޓެރަސް ގާޑަން؛ 24،000 އަކަފޫޓުގެ މި ބަގީޗާ ވާނީ ތަނުގައި ދިރިއުޅޭ މީހުންނަށް ހިތްހަމަޖެހުން ގެނެސްދޭނެ ތަނަކަށް
ބްލޫ ލެގޫންގެ ކޮމާޝަލްް އާކޭޑްގެ މަސައްކަތްތައް މިހާރު ވަނީ ފަށައިފަ އެވެ. އެ މަސައްކަތުގެ ދަށުން ބިން ކޮނުމުގެ މަސައްކަތް ނިންމައި މިހާރު ކުރިއަށް ދަނީ ބިންގާ އެޅުމުގެ މަސައްކަތެވެ.
ރާއްޖޭގެ ފުރަތަމަ 'އޯޕަން ކޮންސެޕްޓް މޯލް'ގެ ގޮތުގައި ތަރައްގީކުރާ މި އާކޭޑު ތަރައްގީ ކުރަނީ ތިން ފަންގިފިލާ އަށެވެ. އެ ތަނުގައި ވިޔަފާރިކުރަން ހާއްސަ ތަންތަނުގެ އިތުރުން ހިތްހަމަޖައްސާލުމުގެ ހަރަކާތްތަކަށް ހާއްސަ ތަންތަނާއި ލައިފް ސްޓައިލަށް ހާއްސަ ތަންތަން އަދި ޒަމާނީ ފުޑްކޯޓެއް ހުންނާނެ އެވެ.
ބްލޫ ލެގޫން ޕްރޮޖެކްޓުގައި ޖުމްލަ 250 ޕްރިމިއަމް އެޕާޓުމެންޓު ތަރައްގީ ކުރާނެ އެވެ. މި ހުރިހާ ތަނެއް ވެސް ޑިޒައިންކޮށްފައި ވަނީ ތަނުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ އަދި އަރާމު މާހައުލެއް ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީގެންނެވެ.
މި ޕްރޮޖެކްޓުގެ އާ މަރުހަލާއެއް ފެށުނުއިރު، މިއީ ހާއްސަ އަގުތަކެއްގައި އެޕާޓުމެންޓު ބުކް ކުރުމަށް ލިބޭނެ ފަހު ފުރުސަތެވެ. އެގޮތުން:
2 ކޮޓަރި އަދި 3 ކޮޓަރީގެ އެޕާޓުމެންޓުތައް ލިމިޓެޑު އަދަދަކަށް މިވަގުތު އެބަހުރި
• ދެން ހުޅުވާލާ ފުރުސަތުގައި އެޕާޓުމެންޓުތަކުގެ އަގު %10-5 އުފުލޭނެ
މިއީ އާލީ ބާޑް އޮފާގެ ދަށުން އެޕާޓުމެންޓު ގަންނަން ލިބޭ ފަހު ފުރުސަތު
ތަނުގައި ދިރިއުޅޭ މީހުންނަށް ޕްރައިވެސީ ކަށަވަރުވާނެ ގިނަ ސިފަތަކެއް ހިމަނައިގެން ޑިޒައިންކޮށްފައިވާ މި ޕްރޮޖެކްޓުގައި މިވަގުތު އެވެއިލަބަލްކޮށް ހިމެނެނީ:
3 ކޮޓަރީގެ އެޕާޓުމެންޓު: 1،795 އަކަފޫޓުން ފެށިގެން 1،875 އަކަފޫޓާ ދެމެދު
2 ކޮޓަރީގެ އެޕާޓުމެންޓު: 1،340 އަކަފޫޓު
ބްލޫ ލެގޫންގެ އެޕާޓުމެންޓުތައް ޑިޒައިންކޮށްފައި ހުންނާނީ ކްރޮސް ވެންޓިލޭޝަން އަދި ގުދުރަތީ އަލި ލިބޭ ގޮތަށެވެ. ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގައި 'ޑެކް ބެލްކަނި' ހުންނާނެ އެވެ. މިއީ އާންމުކޮށް ގޭގޭގައި ހުންނަ ބެލްކަނިތަކަށް ވުރެ ޖާގަ ތަނަވަސް ހިތްފަސޭހަ ފީޗާއަކަށް ވާނެ އެވެ.
މީގެ އިތުރުން، ދެ ކޮޓަރީގެ އެޕާޓުމެންޓުތަކުގައި ގެއަށް ޒިޔާރަތް ކުރާ މެހުމާނުން ބޭނުން ކުރަން ހާއްސަ ޕައުޑާ ރޫމް ވެސް ހުންނާނެ އެވެ. ޖާގަ ތަނަވަސް، ސެމީ ފާނިޝްޑް މި އެޕާޓުމެންޓުތަކުގައި ހިމަނާފައިވާ ޒަމާނީ އަނެއް ސިފައަކީ ވޯކް-އިން ވޯޑްރޯބެވެ.
ބްލޫ ލެގޫން އެޕާޓްމަންޓްތައް ތަރައްގީ ކުރަނީ ހަމައެކަނި އެޕާޓުމެންޓު ކޮމްޕްލެކްސްއެއްގެ އިތުރަށް އާއިލާތަކަށް އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ތަނެއްގެ ގޮތުގަ އެވެ.
ބްލޫ ލެގޫން ރެޒިޑެންސްގެ މަސައްކަތްތައް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ