ލ.ގަމުގެ ހުރިހާ ސަރަޙައްދަކަށް ފެނަކައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފި އެވެ.
ފެނަކައިން ބުނީ ގަމުގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި އިންޖީނަކަށް ގެއްލުވެ ގަމުގެ ތިން ސަރަޙައްދަކުން ކަރަންޓު ކެނޑުނު ކަމަށާއި މިހާރު އެ ތިން ސަރަހައްދަށް ވެސް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.
މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައި ކަމަށާއި އަދި އެނެކްސް ދެއަކަށް އަލިފާނުގެ އަސަރުކޮށްފައިނުވާ ކަމަށް ފެނަކައިން ބުންޏެވެ.
އަދި މި ހާދިސާއާއި ގުޅިގެން މިހާތަނަށް ބެލިބެލުމުން (ވިޝުއަލް އިންސްޕެކްޝަން) އިން ފާހަވެފައިވާ ގޮތުން، ގެއްލުން ވެފައި ވަނީ އެ ރަށަށް ކަރަންޓް ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަކަށް ކަމަށްވެސް ފެނަކަ އިން ބުންޏެވެ. އަދި މި ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލު ކުރުމުގެ މަސައްްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެ އެވެ.
ފެނަކައިން ބުނީ މިހާރު އެރަަށަށް ފެނުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި ނަރުދަމާ ނިޒާމުގެ މަސައްކަތަށް ހާއްސަ ޓީމްތަކުން އަންނަނީ އެރަށުގެ ނަރުދަމާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލަމުން ކަމަށްވެސް ފެނަކަ އިން ބުނެފައިވެ އެވެ.
ލ. ގަމަށް އަލުން ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ