ދުނިޔޭގެ ޕާސްތާ ދުވަހު ޕާސްތާ ކައްކަން ބޭނުންވާ ކުޑަކުދިންނަށް ހާއްސަ ކުލާހެއް
ހޮނިހިރު ދުވަހު ފާހަގަކުރާ ދުނިޔޭގެ ޕާސްޓާ ދުވަހާ ގުޅުވައި ދަ ބްލެކް ޕާލް ރިލެކްސްޑް ޑައިނިން އެންޑް ކޮފީއިން ކުޑަކުދިންނަށް ޚާއްސަ އިވެންޓެއް ރާވައިފިއެވެ. އެ ރެސްޓޯރެންޓުން ވަނީ ހޮނިހިރު ދުވަހު ކުޑަކުދިންނަށް ހާއްސަ އެއް ދުވަހުގެ ޕާސްޓާ ކުލާހެއް ބާއްވަން އިއުލާންކޮށްފައެވެ. މި ކުލާސް ކުރިއަށްގެންދަނީ އެއްވެސް އަގަކާ ނުލައެވެ. އެގޮތުން، އުމުރުން ހަ އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް މި ކުލާހުގައި ބައިވެރިވުމަށް ދަ ބްލެކް ޕާލް އިން ދައުވަތު ދީފައިވެއެވެ. އެ ކުދިންނާ އެކު ބެލެނިވެރިއަކު ހާޒިރުވާންޖެހޭނެ ކަމަށް އެ ރެސްޓޯރެންޓުން ދިން ދައުވަތުގައިވެއެވެ. މި ކުލާހުގައި ކުދިން ބައިވެރިކުރާނީ ވަކި އަދަދަކަށް ޖާގަ ދީގެންކަމަށް ދަ ބްލެކް ޕާލްއިން މައުލޫމާތުދެއެވެ. މިހާރު ބާކީ ހުރީ 10 ކުދިންގެ ޖާގަ ކަމަށް ދަ ބްލެކް ޕާލް އިން މައުލޫމާތުދެއެވެ. މި ކުލާހުގައި ރަޖިސްޓާވުމަށް 7811199 އަށް ގުޅުމަށް ނުވަތަ ޑީއެމް ކުރުމަށް ދަ ބްލެކް ޕާލް އިން އެދިފައިވެއެވެ. ގ. ވާލް، އަލިކިލެގެފާނު މަގުގައި ހުންނަ މި ހިތްގައިމު ރެސްޓޯރެންޓަކީ ޒަމާނީ ޑިޒައިންތަކަށް ފަރުމާކޮށްފައިވާ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ތަނެކެވެ. މި ތަނުން ދިވެހި އަދި ތަފާތު ބައިނަލްއަގްވާމީ ކުވިޒީންތަކުގެ ކާނާ ލިބެން ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ