ޝަހާދަތް ކިޔުމނުގައި ދެގޮތެއް އެބަ އޮވެއެވެ. އެއީ ދުލުން އެކަނި ކިޔުމާއި ހިތާއި ދުލުން އެކުގައި ކިޔުމެވެ. ދުލުން އެކަނި ޝަހާދަތް ކިޔުމަކުން ނުފުދޭނެއެވެ. ފުދޭނީ ހިތާއި ދުލުން އެކުގައި ކިޔުމުންނެވެ.
ދުލުން އެކަނި ކިޔާނަމަ އެއީ ބޭރުފުށަށް ބުނެލެވޭ ބަހެކެވެ. ހިތުގައި އެކަމުގެ އަސަރެއް ނުއޮންނާނެއެވެ. ﷲ ތަޢާލާއަށް ބިރުވެތި ނުވެވެނީވެސް އަދި ތަޤްވާވެރިވާން މަސައްކަތްނުކުރެވެނީވެސް ދުލުން އެކަނި ކިޔާތީއެވެ.
ހިތާއި ދުލުން އެކުގައި ކިޔާމީހާގެ ހިތް ފުރިފައި އޮންނާނީ އީމާންތެރިކަމުންނެވެ. ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން އެހައިމެ ބޮޑުވާނެއެވެ. އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ހެޔޮ ގޮތުގައި ޝަހާދަތް ކިޔައި އެއަށް ޢަމަލުކުރުމުގެ ހުރި ފައިދާގެ ބުރަކަމާއިމެދު ވިސްނަނީވެސް ވަރަށް މަދު މީހެކެވެ.
ޤިޔާމަތް ދުވަހު މީހަކު އަންނާނެއެވެ. އޭނާގެ ފަތުގެ 99 އިންސައްތައިގައިވަނީ އޭނާކޮށްފައިވާ ބޮޑެތި ފާފަތަކެވެ. ފަތް މީޒާނުގައި ކިރާ ވަގުތު އެއިން ވެއްޓެނީ "ކާޑެކެވެ. އެއިގައި ވަނީ
لا إله إلا الله محمد رسول الله އެވެ.
އެހިނދު ﷲ ތަޢާލާ ވަޙީކުރައްވަވާނީ ހެޔޮކަމުގެ ކޮޅަށް އެ ކާޑު ލުމަށެވެ. ލުމުން މީޒާނުގައި ބުރަވެގެންދާނީ ހެޔޮކަމުގެ ކޮޅަށެވެ. އޭނާއަށް ސުވަރުގެ ދެއްވަވާނެތެވެ! ނަމަވެސް އެއީ ހަމައެކަނި އޭނާ އެދެ ކަލިމަ ދުލުން ކިޔާލައިފައިވާތީއެއް ނޫނެވެ. ކިޔެވިފަހަރު ފުރިހަމަ މާނައިގައި ކިޔާފައިވާތީއެވެ.
ވީމާ ހިތުގެ އަޑިން ޤަބޫލުކޮށް ދުލުންކިޔާ މީހަކަށްވާށެވެ! އަދި ޢަމަލުކުރާ މީހަކަށްވާށެވެ! މީޒާނުގައި ހެޔޮކަމުގެ ކޮޅަށް ބުރަވެގެންދާނެތެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން
ދުލުން އެކަނި ޝަހާދަތްކިޔާ މީހުން ވިސްނާލަންވީ އެވަރަކުން އަދި އެއިގެ ފުރިހަމަ ބުރަދަން ނުއުފުލޭނެކަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ