އިސްތަންބޫލް، ތުރުކީ (ސެޕްޓެމްބަރު 12) - ލޯން އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ސުޕަ ލީގުގެ ކްލަބް، ޓްރަބްޒޯންސްޕޯރާ ގުުޅުނު ކެމަރޫންގެ ގޯލްކީޕަރު، އަންދްރޭ އޮނާނާ އަށް ޓްރަބްޒޯންސްޕޯގެ މެނޭޖްމަންޓާއި ސަޕޯޓަރުންގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މި ސީޒަނުގައި ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ދެ މެޗުގައި ވެސް ގޯލު ބެލެހެއްޓީ ތުރުކީގެ އަލްޓޭ ބަޔިންދީރު އެވެ. އޮނާނާ ލައިގެން ޔުނައިޓެޑުން ލީގު ކަޕްގައި ކުޅުނު މެޗުން ހަތަރު ވަނަ ޑިވިޝަނުގެ ގްރިމްސްބީ ޓައުން އަތުން ބަލިވެ ކެޓިއިރު، ޓްރާންސްފާ ފަހު ދުވަހުގައި، ޔުނައިޓެޑުން ވަނީ ރޯޔަލް އަންޓްވާޕަށް ކުޅޭ ބެލްޖިއަމްގެ ކީޕަރު، ސެން ލަމެންސް ގަނެފަ އެވެ.
އުމުރުން 29 އަހަރުގެ އޮނާނާ އަށް މި ސީޒަނުގައި ޔުނައިޓެޑްގެ ގޯލު ބަލަހައްޓަން ގިނަ މެޗުތަކެއް ނުލިބޭނެކަން ޔަގީންވާތީ، ޓްރަބްޒޯންސްޕޯ އިން ލިބުނު އޮފާ ގަބޫލުކުރަން އޭނާ ނިންމީ އެެވެ. ޔުނައިޓެޑުން ޓްރަބްޒޯންސްޕޯ އަށް އޮނާނާ ދޫކޮށްލީ ލޯން ފީއެއް ނުނަގާ ގޮތަށް، އޭނާގެ ފުލް މުސާރަ ޓްރަބްޒޯންސްޕޯ އިން ދޭން އެއްބަސްވުމުންނެެވެ. އަދި، ލޯން މުއްދަތު ހަމަވުމުން، 15-25 މިލިއަން ޑޮލަރު ދީފައި، އޮނާނާ ދާއިމީ ކޮންޓްރެކްޓެއްގައި ޓްރަބްޒޯންސްޕޯ އަށް ބަދަލުވުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ޓްރަބްޒޯންސްޕޯ އިން ވަނީ، އޮނާނާ، އެ ޓީމާ ގުޅެން ތުރުކީ އަށް އައުމުން، ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ބާރަ އަހަރު ޔުނައިޓެޑަށް ކުޅުނު ސްޕެއިނުގެ ގޯލްކީޕަރު، ޑޭވިޑް ޑެހެއާ ދޫކޮށްލުމަށްފަހު، މީގެ ދެ އަހަރު ކުރިން، ޔުނައިޓެޑުން ކެމަރޫންގެ ކީޕަރު، އޮނާނާގެ ސޮއި ހޯދީ އިންޓަ މިލާނަށް 60 މިލިއަން ޑޮލަރު ދައްކާ ގޮތަށެެވެ.
ކުރިން، އަޔަކްސް އަށް ވެސް ކުޅުނު ކީޕަރު އޮނާނާގެ ފަރާތުން ޔުނައިޓެޑްގެ ގިނަ މެޗުތަކެއްގައި ގޯސްތަކެއް ފެނިގެންދިޔައިރު، ޔުނައިޓެޑްގެ ސަޕޯޓަރުންގެ މެދުގައި އޭނާގެ މަގުބޫލު ކަމެއް ނެތްއިރު، އިތުބާރެއް ވެސް ނެތެވެ.
ލޯނަކަށް ޓްރަބްޒޯންސްޕޯ އަށް ދިޔަ އޮނާނާ އަށް ހޫނު މަރުހަބާއެއް ލޯނަކަށް ޓްރަބްޒޯންސްޕޯ އަށް ދިޔަ އޮނާނާ އަށް ހޫނު މަރުހަބާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ