މިލާން (ސެޕްޓެމްބަރު 15) - އިޓާލިއަން ލީގުގައި ރޭ ލޫކަ މޮޑްރިޗް ޖެހި ގޯލުން އޭސީ މިލާނުން 1-0 އިން ބޮލޯނިއާ އަތުން މޮޅުވެއްޖެ އެވެ.
މި ފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް މިލާން ވަނީ ދެން ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. އެ ގޮތުން، މިލާން ފުރަތަމަ މެޗުން ބަލިވީ އަލަށް ޕްރޮމޯޓްވި ކްރެމޮނީސޭ އަތުންނެވެ. އޭގެ ފަހުން، ލެއްޗޭ ބަލިކުރުމަށް ފަހު، ރޭ ބޮލޯނިއާގެ މައްޗަށް ވަނީ ކުރިހޯދައިފަ އެވެ.
މިލާންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި، އެ ޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 61 ވަނަ މިނިޓްގައި ޖެހީ މޮޑްރިޗް އެވެ. މިއީ، އަލެކްސިސް ސަލަމޭކާ ނަގައިދިން ހުރަހަކުން ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން މޮޑްރިޗް ޖެހި ގޯލެކެވެ. މިއީ، މި ފަހަރުގެ ޓްރާންސްފާގައި މިލާނާ ގުޅުމަށް ފަހު އުމުރުން 40 އަހަރުގެ މޮޑްރިޗް ޖެހި ފުރަތަމަ ގޯލެވެ.
މެޗަށް ފަހު، ޑެޒްން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މޮޑްރިޗް ސަމާސާގޮތަކަށް ބުނީ، އޭނާގެ އުމުރާ މެދު ސުވާލު އުފައްދާ މީހުން ދެން އިތުރު ވާހަކަތަކެއް ނުދައްކާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މިލާންގެ ކޯޗު މެސިމޯ އަލެގްރީ ބުނީ، މެޗަކަށް ފަހު މެޗެއް އެ ޓީމުން ކުރިއެރުން ހޯދަމުން ދިޔަ ކަމުގައި ވިޔަސް އަދިވެސް ގިނަ ކަންތައްތަކެއް ރަނގަޅުވާން ޖެހޭ ކަމަށެވެ. އަދި، މުޅި ޓީމު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް މޮޑްރިޗް ވަނީ ބުނެފަ އެވެ.
މޮޑްރިޗްގެ ގޯލުން މިލާނަށް މޮޅެއް މޮޑްރިޗްގެ ގޯލުން މިލާނަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ