މަޓާޓޯގެ ސީއީއޯގެ މަގާމުން ސޫޒަން އިސްތިއުފާ ދީފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ސީއީއޯގެ މަގާމުން އާމިނަތު ސޫޒަން އިސްތިއުފާ ދީފި އެވެ.
ސޫޒަން ވެސް އަދި މަޓާޓޯ އިން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. މަގާމުން އިސްތިއުފާ ދެއްވި ސަބަބާއި ގުޅޭގޮތުން ސޫޒަން ވިދާޅުވީ އެއީ އަމިއްލަ ނިންމުމެއް ކަމަށާ އިސްތިއުފާއާ ގުޅިފައިވަނީ ބްރޭކެއް ނަގަން ބޭނުންވުން ކަމަށެވެ. އަދި އަމިއްލަ މަސައްކަތަށް ވަގުތު ހުސްކުރުމަކީ ވެސް މަގާމުން އިސްތިއުފާ ދިން ސަބަބެއް ކަމަށެވެ.
ޓީވީ ހުށައެޅުންތެރިއެއްގެ ގޮތުގަައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި ސޫޒަންގެ ހިދުމަތަށް ޝުކުރު އަދާކޮށް މަޓާޓޯ އިން ބުނީ ސޫޒަންގެ ލީޑާޝިޕްގައި މަޓާޓޯ އިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. 
މަޓާޓޯގެ ސީއީއޯގެ މަގާމަށް ސޫޒަން ހަމަޖެއްސީ ޖަނަވަރީ 24, 2024 ގަ އެވެ. ސޫޒަން ވަނީ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓަރަކްޝަންގެ އިސް މަގާމުތަކެއް ވެސް ކުރީން ފުރުއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ