ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަގުބޫލު އުފެއްދުންތައް ވިއްކާ މިނީސޯގެ ބޮޑު ފިހާރައެއް މަޖީދީ މަގުގައި ރޭ ހުޅުވައިފި އެވެ.
މިނީސޯގެ ފިހާރަތައް ރާއްޖޭގައި ހިންގަނީ ރާއްޖޭގެ އެންމެ އިތުބާރު ލިބިފައިވާ ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ސޮނީ ސްޕޯޓްސް އިންނެވެ.
އެ ފިހާރަ ހުޅުވަން ހާއްސަ ރަސްމިއްޔާތެއް ބޭއްވިއިރު، ގިނަ ބަޔަކު ވަނީ ފިހާރައަށް ޒިޔާރަތްކޮށް އެތަނުން ލިބޭ ތަކެތި ބަލައި ވިޔަފާރިކޮށްފަ އެވެ.
ސޮނީ ސްޕޯޓްސް އިން ބުނީ މިނިސޯގެ އައު ފިހާރައިން ހާއްސަ އޮފާތަކެއް ލިބޭނެ ކަމަށެވެ.
މަޖީދީ މަގުގައި އަލަށް ހުޅުވި މިނީސޯގެ ފިހާރައަކީ މިހާރު މާލޭގައި ހުރި މިނީސޯގެ ފިހާރަތަކަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް އަދި އިތުރު އައިޓަމްތައް ލިބޭނެ ފިހާރައެކެވެ.
މިނީސޯއިން މަޖީދީ މަގުގައި އައު ފިހާރަ ހުޅުވުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
މާލޭގައި މިހާރު ވެސް މިނީސޯގެ ދެ ފިހާރަ ހުރެ އެވެ. މީގެ އިތުރުން ހުޅުމާލޭގައި ވެސް މިނީސޯގެ ފިހާރައެއް ހުރެ އެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި 90 އަށް ވުރެ ގިނަ ގައުމުގައި 10،000 އަށް ވުރެ ގިނަ ފިހާރަ ހިންގަމުން އަންނަ މިނީސޯއަކީ ހެޔޮ އަގުގައި ތަފާތު ގިނަ ސާމާނު ވިއްކުމުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ފްރެންޗައިޒެކެވެ.
ރާއްޖޭގައި މިނީސޯގެ ފިހާރައެއް އެންމެ ފުރަތަމަ ހުޅުވީ 2020 ގަ އެވެ. އެ ފުރެންޗައިޒް ރާއްޖެއަށް ތައާރަފު ކުރީ ސޮނީ ސްޕޯޓްސް އިންނެވެ.
މިނީސޯގެ ބޮޑު ފިހާރައެއް މަޖީދީ މަގުގައި ހުޅުވައިފި މިނީސޯގެ ބޮޑު ފިހާރައެއް މަޖީދީ މަގުގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ