ޝެއިހް ފަރީދު އަވަހާވެފައިވަނީ މެލޭޝިއާއަށް ވަޑައިގެންވިތަކުން އެއާޕޯޓުގައި ހުންނަވަނިކޮށެވެ.
ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި މެލޭޝިޔާގައި އަވަހާރަވި ރާއްޖޭގެ އިސް ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިބްރާހިމް ފަރީދުގެ މައްޗަށް ހުކުރު ނަމާދަށްފަހު ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރާ ގޮތަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އިން ނިންމައިފި އެވެ.
މިކަމާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މިދިޔަ ހޯމަ ދުވަހު މެލޭޝިޔާގައި އަވަހާރަވި ރާއްޖޭގެ ޢިއްޒަތްތެރި އިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދުގެ މައްޗަށް އަންނަ އަންނަ ހުކުރު ނަމާދަށް ފަހު، މާލޭގެ އިތުރުން މުޅި ރާއްޖޭގެ ހުރިހައި ރަށެއްގައި ހުކުރު ކުރާ މިސްކިތްތަކުގައި ޣައިބަށް ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޝައިޚް ފަރީދު އަވަހާރުވުމާއި ގުޅިގެން ތަޢުޒިޔާ ފޮނުއްވަވާ ވަޒީރު ވިދާޅުވީ، ޝައިޚް ފަރީދުއަކީ ހިދުމަތްތެރި ޝަޚްސިއްޔަތެއްކަމަށާއި ވަރަށް ބޮޑެތި ގުރުވާނީތަކެއްވެ ވަޑައިގަންނަވާފައިވާ ބޭފުޅެއްކަމަށެވެ. މީގެ އިތުރުން ޝައިޚް ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވޭ އުސްތާޛެއްކަމަށާއި ގާތްކަން ބޭއްވެވި އަދި ބައްދަލުވާ ކޮންމެ ފަހަރަކުމެ ހެޔޮ ނަސޭހަތްދެއްވެވި ބޭފުޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.ޝައިހް ފަރީދު އަވަހާރަވުމާއި ގުޅިގެން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. ވުޒާރާގެ ބަޔާނުގައި ބުނެފައިވަނީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަވަހާރަވުމަކީ އިސްލާމީ ދަޢުވަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ގެއްލުމެކެވެ. ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދަކީ އިސްލާމީ ދަޢުވަތުގެ މައިދާނުގައި ފާހަގަކޮށްލެވިފައިވާ ޢިލްމުވެރިއެކެވެ. ނުހަނު ޚިދުމަތްތެރި ހިތްވަރު ގަދަ ޝަޚްޞިއްޔަތެކެވެ. ދަޢުވަތުގެ މައިދާނުގައި ވަރަށް ބޮޑު ޤުރުބާނީތަކެއްވެ ވަޑައިގެންނެވި ބޭފުޅެކެވެ
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޝައިޚް ފަރީދުގެ މައްޗަށް ހުކުރު ދުވަހު ޣައިބަށް ކަށުނަމާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ