މި އަހަރު ނިމުމުގެ ކުރިން، ސްކޫލުތައް އޭސީކޮށް ނިންމަން ފެނަކައާ ހަވާލުކޮށްފި

އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.މި މަޝްރޫއު އިފުތިތާހުކުރީ މީގެ އަހަރަކަށްވުރެ ގިނަ ދުވަސްކުރިން މިދިޔަ އަހަރުގެ ޖޫން ދެވަނަ ދުވަހެވެ.އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކުރަން ކުރިއަށް ގެންދާ 'ކޫލް ސްކޫލު' މަޝްރޫއުގެ ދަށުން، ސަރުކާރު ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.މި މަޝްރޫއަށް މިދިޔަ ނޮވެންބަރުގައި ޗައިނާއިން ވެސް ވަނީ އޭސީތަކެއް ހަދިޔާކޮށްފައެވެ.ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރަން ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ ސަބަބުން ދައުލަތުން މިހާރު ކުރާ ހަރަދަށްް އިތުރު ވަނީ 38 ޕަސެންޓެވެ. އެ ޕްރޮޖެކްޓްގެ 30 ޕަސެންޓަކީ ގެންދާނީ އިޔާދަކުރަނިވި ހަކަތަ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.ފެނަކަ އެމްޑީ ނަޖާހު ވިދާޅުވީ ސަރުކާރުގެ ހުރިހާ ސްކޫލެެއްގައި އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން އޭސީ ހަރުކޮށް ނިންމާލެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ