އިޒްރޭލުން އީރާނަށް ދިން ހަމަލާތައް ރައީސް ކުށްވެރިކުރައްވައިފި

ރައީސް ވިދާޅުވި ގޮތުގައި އެފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަދި މުޅި ސަރަހައްދުގެ ސުލްހަ އާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ ހަމަލާތަކެއް ކަމަށެވެ.
އިޒްރޭލުން އީރާންގެ ގިނަ ތަންތަނަށް ދިން ނުރައްކާތެރި ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުއްވެރި ކުރައްވައިފި އެވެ. 
އެ މަނިކުފާނު ސޯޝަލް މީޑިއާގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި އެފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަދި މުޅި ސަރަހައްދުގެ ސުލްހަ އާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ ހަމަލާތަކެއް ކަމަށް ވިދާޅުވެފައިވެ އެވެ. ރައީސް ވަނީ އެފަދަ ނުތަނަވަސްކަން އިތުރުވިޔަ ނުދޭން އެދިވަޑައިގެންފަ އެވެ. 
އިޒްރޭލުން މިއަދު ފަތިހުން ފެށިގެން ދަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި އީރާނުގެ އަސްކަރީ ގިނަ އަދަދެއްގެ ކޮމާންޑަރުންނާއި ސައިންޓިސްޓުން ވަނީ އަވަހާރަކޮށްލާފަ އެވެ. އަދި މި ހަމަލާތައް ދީފައިވަނީ ސީރިއާ ތެރެއިން އިޒްރޭލުގެ 200 އަށްވުރެ ގިނަ މަތިންދާ ބޯޓު ބޭނުންކޮށްގެންނެވެ. މީގެ އިތުރުން މި ސައިލާއި ޑްރޯންތައްވެސް ބޭނުންކޮށްފައިވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާ ދިނުމުގައި އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުގެ އެޖެންޓުން ވަނީ އީރާނުގެ އެތެރޭގައި ހަރަކާތްތެރިވެފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ