ކްރިމިނަލް ކޯޓުގައި ނުނިމި ހުރި ކޭސްތަކުގެ އަދަދު 2،000 އަށްވުރެ އިތުރުވެއްޖެ ކްރިމިނަލް ކޯޓުގައި ނުނިމި ހުރި ކޭސްތަކުގެ އަދަދު 2،000 އަށްވުރެ އިތުރުވެއްޖެ

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ އެކު މިދިޔަ އަހަރު ނިމުނުއިރު އެ ކޯޓުގައި ނުނިމި ހުރި މައްސަލަތައް 2،064 އަށް އަރައިފި އެވެ.
ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރަކީ ފާއިތުވެދިޔަ ހަތަރު އަހަރަށް ބަލާއިރު ވެސް އެ ކޯޓުން އެންމެ ގިނައިން މައްސަލަތައް ނުނިމި ހުރި އަހަރެވެ.
މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް 864 މައްސަލަ ހުށަހަޅާފައިވާއިރު، ނިންމާފައި ވަނީ 649 މައްސަލަ އެވެ.
ކްރިމިނަލް ކޯޓުގައި އެކަށީގެންވާ ޖާގަ އާއި ވަސީލަތްތައް ނެތުމުން މައްސަލަތައް އަވަހަށް ހައްލުކުރުމުގައި ގޮންޖެހުންތައް ދިމާވަމުން އަންނަކަން އެ ކޯޓުން ފާހަގަކުރެ އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި ޖާގަ އިތުރުކޮށް ހަދާ ކްރިމިނަލް ކޯޓުގެ އާ އިމާރާތުގެ މަސައްކަތް ނިމެން އަދިވެސް ތިން މަހަށްވުރެ ގިނަ ދުވަސް ނަގާނެ އެވެ.
މިދިޔަ އަހަރު ފެށުނުއިރު ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން 198 ގައި ހުރިއިރު، އެ އަހަރު ނިމުނުއިރު ބަންދުގައި ތިބި މީހުން 249 އަށް އިތުރުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން އާންމުކުރި ތަފާސްހިބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ 20، ގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންގެ އަދަދު ޖުމްލަ ހުރީ 435 ގަ އެވެ. އެއީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި 364 މީހުން އަދި ފުލުހުންގެ ބަންދުގައި 71 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ