ތައުބާވާނީ ކިހިނެއް؟: ޝައިޚް އަޙްމަދު ސަމީރު

ތައުބާވުމުގެ މައިގަނޑު 3 ޝަރުތެއް މިއޮތީ ބަޔާން ކުރައްވާފަ ޢިލްމުވެރިން. މިހާރު މިސާލަކަށް ބަލަމާ ހިނގާ މީހަކަށް ފާފައެއް ކުރެވުނީ. މީހަކު މިސާލަކަށް ޒިނޭ ކުރީ. އެންމެ ފުރަތަމަ ކަމަކީ ފާފައިން އޭނަ ތައުބާ ވުމަށްޓަކައި އެ ފާފަ، އެއީ ކުރަމުންދާ ފާފައެއް ކަމުގައިވާނަމަ އެ ފާފަ އެހިސާބުން ހުއްޓާލުން. އަދި ކުރިން ކުރެވިފަ އޮތް ފާފައެއް ކަމުގައި ވާނަމަ ދެވަނަ ފަހަރަށް، އެންމެ ފުރަތަމަ ކަމަކީ ފާފަ ހުއްޓާލުން ކުރަމުންދާ ފާފަ ހުއްޓާލުން. ދެވަނަ ކަމަކީ އެ ފާފަޔަށް އެނބުރި ރުޖޫޢަ ނުވާނެކަމުގެ ޢަޒުމް ހިތުގައި ކަނޑައެޅުން. ދެން އެފާފައެއް ކުރެވުނު ކަމަށްޓަކާ ދެރަވެ މާތް ﷲ ހަޒްރަތުން ފާފަ ފުއްސެވުމަށް އެދި ދެންނެވުން. އެހެންމަ 3 ޝަރުތެއްގެ ވާހަކަ މި ދަންނަވަނީ. ފާފަ ހުއްޓާލުމާ، އެއީ ފާފަ ކުރަމުން ކުރަމުން ދަމަކުން ތައުބާއެއް ނުވެވޭ. ފުރަތަމަ ޖެހޭނީ ފާފަ ހުއްޓާލަން. ހުއްޓާލީ، ހުއްޓާލުމަށްފަހު ދެން ދެވަނަ ފަހަރަށް އެފާފަ ނުކުރާނެ ކަމަށް ޢަޒުމް ކަނޑައަޅަންޖެހޭ. އަނެއްކާ އެފާފަ ކުރާކަށް ތައުބާއެއް ނުވެވޭ. އެ ނުކިޔާނެ ތައުބާއެކޭ. ތައުބާވަނީ އަނެއްކާ މާދަމާ އެފާފަ ކުރަން. އެހެންމަ އެއީ ނުވާނެ ތައުބާއަކަށް. އެހެންމަ ހުއްޓާލާފަ ދެވަނަ ފަހަރަށް އެ ފާފައަށް ރުޖޫޢަ ނުވާން ހިތުގަ ޢަޒުމް ކަނޑައަޅާނީ. ދެން އެފާފަ ކުރެވުނީތީ ދެރަވެ މާތް ﷲ ހަޒްރަތުގަ ދަންނަވާނީ ފާފަ ފުއްސަވާ ދެއްވާށޭ. އެހެންމަ އެ 3 ޝަރުތު ހަމަވީމަ، އިޚްލާސްތެރިކަމާއެކު މި ތިން ޝަރުތު ހަމަކޮށްފިއްޔާމު އޭނާ ތައުބާ ޤަބޫލުކުރައްވާނެ ﷲ ސުބުޙާނަހޫ ވަތަޢާލާ.
ދެން މިސާލަކަށް މީހަކު ތައުބާވީ މިގޮތަށް ތިން ޝަރުތު ހަމަކުރީ. ކުރުމަށް ފަހުގައިވެސް އޭނަ އިންސާނަކަށް ވާތީ ހަމަ އަނެއްކާވެސް ފާފައެއް އޭނައަށް އަރައި ގަނެވިދާނެ. އެއީ ހަމަ ޠަބީއީ ކަމެއް. އެހެންނަމަވެސް ހަމަ  އަނެއްކާވެސް އޭނައަށް ތައުބާވެވޭނެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ދެވަނަ ފަހަރަށް ތަކުރާރުކޮށް ތައުބާވިޔަސް ފާފަ ފުއްސަވާނެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ޤުދުސިއްޔަ ޙަދީޘްއެއްގައި އައިސްފައިވޭ މިމީހާ ތިމަން އިލާޙު އޭނަ ތައުބާވެ ފާފަ ފުއްސެވުމަށް ފަހު އަނެއްކާވެސް އޭނައަށް ފަފައެއް ކުރެވޭ. އޭނާގެ މަޤްޞަދަކީ ފާފަ ނުކުރުން. އެހެންނަމަވެސް އިންސާނަކަށް ވާތީ ހަމަ ބައެއްފަހަރު ފާފަ ކުރެވެނީ. ކުރެވުނީމަ އޭނާ ބުނޭ " އަޅުގެ ވެރި އިލާހުއޭ، މިއަޅާއަށް ފާފަ ފުއްސަވާންދޭވެ." ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަނީ (އަރަބި) " ތިމަން އިލާޙުގެ އަޅާއަށް އެނގިއްޖެއޭ އެ އަޅާއަށް ފާފަ ފުއްސަވާ ކަލަކު ވާލަކަން. އެހެންވެ އޭނަ ފާފަ ކުރެވުމާއެކު ވަގުތުން ދަންނަވަނީ "އޭ ﷲ އޭ މި އަޅާއަށް ފާފަ ފުއްސަވާންދޭވެ. މިއަޅާއަށް ފާފައެއް ކުރެވިއްޖެއޭ."
ދެން ހަތަރުވަނަ ޝަރުތެއް މިވަނީ ބަޔާންކުރައްވާފަ، އެއީ ބައެއް ކަހަލަ ފާފަ ތަކަކީ އިންސާނުންގެ ޙައްޤުތަކާ ގުޅިފަ ހުރި ފާފަތައް. މިސާލަކަށް މީހެއްގެ މުދަލެއް. މީހެއްގެ މުދަލަކަށް އަރައިގެންފަ އޮތީ. މީހެއްގެ ޙައްޤަކަށް އަރައިގެންފަ އޮތީ. އެހެންވެއްޖެއްޔާމު އެ ކުރިން ބަޔާންކުރެވުނު ތިން ކަންތަކުގެ އިތުރުން އެމީހެއްގެ ފަރާތުން އެކަމުގެ ހިތް ހަލާލު ހޯދަން މާފް ހޯދުން އެއީ މީހުންގެ ޙައްޤުތަކުގެ ޝަރުތު. 
ދެން މީހުންގެ ޙައްޤުތަކުގެ މައްސަލައިގައި ބައެއް ފަހަރު ހުރޭ، އެމީހެއްގެ ގާތުގައި އެވާހަކަ ދެއްކުން ހުދު އޭނާއަށް އެ ޙައްޤުގެ އަހުލުވެރިޔާއަށް މަސްލަހަތަކަށް ނުވަތަ ފައިދާއަކަށް ނުވޭ. އަދި ދައްކާ މީހާއަށްވެސް އޭތި މަސްލަޙަތަކަށް ނުވަތަ ފައިދާއަކަށް ނުވާ ޒާތުގެ ކަންތައް. މިފަދަ ހަލަތެއްގައި އެމީހަކަށްޓަކައި ހެޔޮ ދުޢާކޮށް އެމީހަކަށް އެއްޗެއް ދޭން ޖެހިފަ އޭތި ރައްދު ކުރެވެން ނެތް ކަމުގައި ވާނަމަ އޭގެ ބަދަލުގައި ޞަދަޤާތްކުރުން ނުވަތަ ހަދިޔާއެއްގެ ގޮތުގައި ވެސް އެ އެއްޗެއް ރައްދުކުރުން އެއި ޖުމްލަގޮތެއްގައި އޭނަގެ ގާތުގައި ހިތްހެޔޮ ކުރުމާއި މަޢާފް ކުރުމަށް އެދުން އެއީ އެކަމުގަ އޮތް ގޮތަކީ. ދެން ﷲ ސުބޫޙާނަހޫ ވަތަޢާލާ އިރާދުކުރެއްވިއްޔާ އެ ކަންކަން އިސްލާޙް ކޮށް ފަސޭހަ ކޮށްދެއްވާނެ. އެހެންމަ މީ ތައުބާވާނެ ގޮތަކީ. މި ކަންކަން ހަމަވީމަ ﷲ ސުބޫޙާނަހޫ ވަތަޢާލާ އެމީހެއްގެ ފާފަ ފުއްސަވާނެ. 
އަޅުގަނޑު ހަމަ އާޔަތެއް ދަންނަވާލާނަން. ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ ) قُلْ يَـٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ) " އެބައިމީހުންގެ ނަފްސުތަކަށް ފާފައިން އިސްރާފް ކޮށްފައިވާ ތިމަން އިލާޙުގެ އަޅުތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. (لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ) ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން މާޔޫސް ނުވާށެވެ. (إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا) ހަމަކަށަވަރުން ﷲ ހުރިހާ ފާފައެއް ފުއްސަވައޭ." 
އެހެންމަ ފާފަ ގިނަވެގެން ބޮޑުވެގެން ﷲ ގެ ރަޙްމަތުން މާޔޫސް ނުވާށެވެ. އަޅުގަނޑުމެން ކުރިމަތީ އޮތްކަމަކީ އިޚްލާސްތެރިކަމާއެކު މާތް ﷲގެ ހަޒްރަތަށް ރުޖޫޢަވުން. ﷲ ހުރިހާ ފާފައެއް ފުއްސަވާނެކަން ޤުރުއާނުގަ ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވާފަ.
 
- ޝައިޚް އަޙްމަދު ސަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ