އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރެއްވުމަށާއި، މަޝްވަރާކުރެއްވުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ އަދާހަމަ މަޢުލޫމާތުވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން އެސްޓީއޯ، ވެމްކޯ، ފެނަކަ، އާރްޑީސީ، އެމްޓީސީސީ، އަދި އެމްޑަބްލިއުއެސްސީ އިން އެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޝްރޫއުތައް ނިންން ކަނޑައަޅާފައިވާ ތަރީހަށް މަޝްރޫއުތައް ނިންމެވުމަށް ބާރުއަޅުއްވާ އެކަން ފުރިހަމަކުރުމަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވާލައްވާފައެވެ.
އެއާއެކު ރައީސް ވަނީ މިނިސްޓަރުންނާއި، ކުންފުނިތަކުގެ އެމްޑީ އިން ހިއްސާ ކުރެއްވި ކަންކަމަށް ރިއާޔަތްކުރައްވާ، މަޝްރޫއުތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާ ކުރައްވާފައެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ އަމާޒަކީ ވީހާވެސް ގިނައިން ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވާ ދެފުއް ފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުން ކަމަށެވެ.
މަޝްރޫއުތަކުގެ މަސައްކަތް އަވަސްކޮށް ތާރީހަށް ނިންމުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކެބިނެޓުގެ ބައްދަލުވުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ