އޮޕަރޭޝަން ކުރަނގިގެ ދަށުން 151،000 ބިދޭސީންގެ މައުލޫމާތު އެއްކުރެވިއްޖެ: އިހްސާން

ދިިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ މިހާތަނަށް 151،694 ބިދޭސީންގެ މައުލޫމާތު މިހާތަނަށް އެއްކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުން އަންނަ ބިދޭސީން ރެގިއުލޭޓް ކުރުމުގެ ގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުން ޖުމުލަ 151،694 ބިދޭސީއެއްގެ 10 އިނގިލީގެ ނިޝާން އާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސް އަޕްޓުޑޭޓް ކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.
އެގޮތުން ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަުގެ ގޮތުން ސަރުކާރުން ފެށި އެންމެ މުހިއްމު އެއް މަސައްކަތަކީ "އޮޕަރޭޝަން ކުރަނގި"ގެ ނަމުން ނަން ދެވިފައިވާ ހާއްސަ އޮޕަރޭޝަނެވެ. މި އޮޕަރޭޝަން ފަށާފައިވަނީ މިދިޔަ 2024 ވަނަ އަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނަކީ ހޯމް މިނިސްޓްރީއާއި ފުލުހުންގެ އިތުރުން އިމިގްރޭޝަނުން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގެ ދަށުން ޙުއްދަނެތި ވިޔަފާރިތައް ހިންގުމާއި، ޤަވައިދާ ޚިލާފަށް އުޅުމާއި، ކުށުގެ ތަފާތު އެކި މައްސަލަތަކުގައި ޖުމުލަ 7549 ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަމަށް އިޙުސާން ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ އޮޕަރޭޝަނުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަންނަ ޖުލައި މަުގެ 1ވަނަ ދުވަހު ފަށާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ