އއ. ތޮއްޑުގައި ރޭ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއްގައި ދޮޅު އަހަރުގެ ކުއްޖަކު ޖެހި، އިތުރު ފަރުވާއަށް އެ ކުއްޖާ މާލެ ގެނެސްފި އެވެ.
ވީ ކިހިނެއް؟ - ރޭ 7:30 ހާއިރު އެ ކުއްޖާ އިތުރު ތިން މީހުންނާ އެކު މަގުމަތިން ހިނގާފައި ދަނިިކޮށް ހިނގި މި އެކްސިޑެންޓްގެ ވީޑިއޯ މިހާރު ސޯޝަލް މީޑިގައި ދަނީ ދައުރުވަމުންނެވެ.
އެ ރަށު ކައުންސިލްގެ މެންބަރުން މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އުމުރުން އަދި 2 އަހަރު ނުވާ އެ ފިރިހެން ކުއްޖާ ރޭގެ ވަގުތެއްގައި މާލެ ގެނެސް ފަރުވާދޭން ވަނީ ފަށާފަ އެވެ.
ބުނީ ކީކޭ - "މިއަދު އަޅުގަނޑު އެންމެ ފަހުން އާއިލާއާ ވާހަކަދައްކައިގެން ބެލި އިރު އެ ކުއްޖާގެ ހާލު ސްޓޭބަލް. ބޭރު ފުށުން ނެތް ގެއްލުމެއް ވެފައި،" ކައުންސިލްގެ މެންބަރަކު ވިދާޅުވި އެވެ.
ދައުރުވަމުންދާ ވީޑީއޯއިން ފެންނަ ގޮތުގައި، އެ ކުއްޖާ ތިން އަންހެނުންނާ އެކު މަގުމަތިން ހިނގާފައި ދާ ތަން ފެނެ އެވެ. އެގޮތުން:
ކުއްލިއަކަށް ކުއްޖާ ދުއްވައިގަތް ތަނުން، ބާރު ސްޕީޑްގައި ދެ މީހުންނާ އެކު އައި ސައިކަލުގެ ފަހަތުގައި އިން މީހާގެ ފައިގައި އެ ކުއްޖާގެ މޫނު ޖެހި ވިއްސައިގެންދާ ތަން ފެނޭ
އެއާ އެކު، މަގުގެ އަނެއް ފަރާތުގައި ހުރި ފިރިނަކު ވަގުތުން ކުއްޖާ ނަގާ
އެ ކުއްޖާ އުރާލައިގެން އިތުރު ބަޔަކާ އެކު ދުވެފައި ދާ ތަން ފެނޭ
ބާރު ސްޕީޑްގައި ދުއްވި ސައިކަލެއްގައި ދޮޅު އަހަރުގެ ކުއްޖަކު ޖެހިގެން މާލެ ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ