ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ އިންޓަނޭޝަނަލް ރެފްރީ، އަހުމަދު މުންތަގިމް (މުންތޭ) އިންސާފުކުރަމުން އެބަދެ އެެވެ.
އޭޝިއާ މުބާރާތް ކުރިއަށްދަނީ، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
މުންތަގިމް ވަނީ މީގެ ކުރިން ވެސް ބައިނަލްއަގުވާމީ އެކި ލެވަލްގެ މުބާރާތްތަކުގައި އިންސާފުކޮށްފަ އެވެ.
އެ ގޮތުން، ދެކުނު ކޮރެއާގެ ގޫމީގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ގައުމު ގިނަ ބައްރު، އޭޝިއާގެ އެތުލެޓިކްސް މުބާރާތުގައި މި ފަހަރު މުންތަގިމް ހަމަޖައްސާފައިވަނީ، ޖަމްޕް ހުރިހާ އިވެންޓެއްގެ ރެފްރީ އަކަށެވެ.
ޓޯކިޔޯގައި 2021 ވަނަ އަހަރު ބޭއްވި 2020 ވަނަ އަހަރުގެ އޮލިމްޕިކްސްގައި، ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަނަރަކަށް މަސައްކަތް ކުރެއްވި މުންތަގިމް ވަނީ، 2019 އަހަރުގެ ޑިސެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި އެތުލެޓިކްސްގެ އިސް ޓެކްނިކަލް އޮފިޝަލްގެ މަގާމު ފުރައިފަ އެވެ.
އޭގެ އިތުރުން، ބައިނަލްއަގުވާމީ އެތުލެޓިކްސް މުބާރާތްތަކުގައި އިންސާފުކުރުމުގެ އިތުރުން އޭޝިއާ ބައްރުގެ ޔޫތު މުބާރާތުގައި ވެސް އޮފިޝަލްކަން ކޮށްފަ އެެވެ. އަދި، 2022 ވަނަ އަހަރު، ވިއެޓްނާމްގެ ހަނޯއިގައި ކުރިއަށްދިޔަ، 31 ވަނަ ސައުތު އީސްޓް އޭޝިއަން ގޭމްސްގައި ވެސް މުންތަގިމް ރެފްރީކަން ކޮށްފައިވެ އެވެ.
މުންތަގިމް، އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) ގެ ލެވެލް ދޭއްގެ ރެފްރީ ފާސް ހާސިލްކުރީ މީގެ އަށް އަހަރު ކުރިން، 2017 ވަނަ އަހަރު އެވެ.
އައިއޭއޭއެފްގެ ލެވަލް ދޭއްގެ ފާސް ހޯދި ފުރަތަމަ ދިވެހި ރެފްރީ، މުންތަގިމް އަށް ވަނީ، އޭޝިއާގެ އެތުލެޓިކްސް އަށް ކޮށްދެއްވި ހިދުމަތާ ގުޅިގެން، އޭޝިއާގެ އެތުލެޓިކްސް ރައީސް އޭޝިއާ އެތުލެޓިކްސްގެ ރައީސް ގަތަރުގެ ދަހްލާން އަލް ހަމަދު ދެއްވާ ލީޑަޝިޕް ޕިން ލިބިވަޑައިގެންފަ އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސަކަށް ވެސް ހުންނެވި މުންތަގިމް އަންނަނީ އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފަސް ވަނަ ދައުރަކަށް ފުރުއްވަމުންނެވެ. އަދި، ކުރިއަށް އޮތް އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި، ނައިބު ރައީސްގެ މަގާމަށް ވެސް މުންތަގިމް ކުރިމަތިލައިފައިވެ އެވެ.
އޭޝިއާގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ މުންތަގިމް ރެފްރީކަން ކުރަނީ އޭޝިއާގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ މުންތަގިމް ރެފްރީކަން ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ