ފުލެޓު ލިސްޓުން ގިނަ މީހުން އުނިވީ، ދަރީންނާ ބެހޭ ލިޔެކިޔުންތަކަށް ރިއާޔަތްނުކޮށް އުސޫލު ބަދަލުކުރުމުން: އަލީ

ކުރީ ސަރުކާރުން އާންމުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭގައި އިމާރާތްކުރި 4،000 ފުލެޓު ކުރިން ލިބުނު ގިނަ މީހުންނަށް އެ ފުލެޓު ގެއްލުނީ، އުސޫލު ބަދަލުނުކުރާނެ ކަމަށް ބުނެފައި ވެސް މި ސަރުކާރުން އުސޫލު ބަދަލުކޮށް، ދަރީންނާ ގުޅުންހުރި ލިޔެކިޔުންތަކަށް ރިއާޔަތްނުކުރުމުގެ ސަބަބުން ކަމަށް ގާނޫނީ ވަކީލު، އަލީ ހުސައިން މިއަދު ވިދާޅުވެއްޖެއެވެ. ފުލެޓު ލިސްޓު އިވެލުއޭޓް ކުރުމަށްފަހު، މިދިޔަ ފެބްރުއަރީ މަހު 27ގައި އާއްމުކުރިއިރު މިދިޔަ ސަރުކާރުގައި ފުލެޓު ލިބޭ ކަމަށް ކަނޑައެޅި 4،939 މީހެއްގެ ފޯމު ވަނީ އަލުން ބަލައިފައެވެ. އަދި މި ސަރުކާރުން އާންމުކުރި ލިސްޓުގައި ފުލެޓު ލިބޭ ކަމަށް ކަނޑައަޅައިފައިވަނީ އެންމެ 1،820 މީހުންނަށެވެ. އެ ދުވަހު، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އެ ފޯމުތައް އަލުން ބެލިއިރު، އޭގެ ތެރެއިން ދެބައިކުޅަށް އެއްބަޔަށް ވުރެ ގިނަ ފޯމަށް ދީފައިވާ ޕޮއިންޓް ސައްހަ ނޫންކަން އެނގިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. ގާނޫނީ ވަކީލު، އަލީ ހުސައިން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ ފުލެޓާއި ގޯތީގެ މައްސަލައިގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ 'ފަހި ޔޫނިއަން' ޖަމިއްޔާގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ވިދާޅުވީ، ކުރީ ސަރުކާރުން އެކުލަވައިލައި ގެޒެޓުކުރި އުސޫލުގެ ދަށުން ގިނަ ބަޔަކު ފުލެޓަށް ކުރިމަތިލިއިރު ހުށަހެޅީ ދަރީންނާ ބެހޭ ލިޔެކިޔުންތައް ކަމަށެވެ. އެއީ އެ މީހުން 15 އަހަރު މެދުނުކެނޑި މާލޭގައި ދިރިއުޅުނުކަން ސާބިތުކޮށްދިނުމަށްޓަކައެވެ. އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ދަރިން ސްކޫލުގައި، ކޮލެޖުގައި ނުވަތަ ޔުނިވަސިޓީގައި އުޅުނު މުއްދަތު އަންގައިދޭ ލިޔެކިޔުންތައް ހުށަހަޅައިފައިވެއެވެ. މި ސަރުކާރުން އެ އުސޫލު ބަދަލުނުކުރާން ބުނި ނަމަވެސް އޮތީ ކޮށްފައި ކަމަށާއި، މިއަދާ ހަމައަށް ވެސް އެކަން ރައްޔިތުންނަށް ނޭނގޭ ކަމަށް އަލީ ވިދާޅުވިއެވެ. ނަމަވެސް އެ ޔޫނިއަންއިން ބެލި ބެލުމުން އެކަން އެ އުސޫލުން ފާހަގަވެފައިވާ ކަމަށް އަލީ ވިދާޅުވިއެވެ. ގިނަ ބަޔަކަށް ނުވެސް އެނގޭ ކުރީ ސަރުކާރުން އެކުލަވައިލި އުސޫލު މި ސަރުކާރުން ބަދަލުކޮށްފައިވާކަން ވެސް. މިހާރު އެނގިވަޑައިގަންނަވާނެ ހަގީގަތުގައި އެ ބޭފުޅުންނަށް ފުލެޓު ނުލިބެނީ އުސޫލު ބަދަލުކުރީމަކަން. ކުރިން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިއާޔަތް ނުކުރީމާކަން. އެހެންވީމަ ތިބޭފުޅުންނަށް އޮންނާނެ ދައުވާކުރުމުގެ ހައްގު، ގާނޫނީ ވަކީލު އަލީ ހުސައިން އަލީ ވިދާޅުވީ އެކަން އެގޮތަށް ކޮށްފައި އޮތީ ރައްޔިތުންނަށް ނޭނގޭނެ ކަމަށް ބަލާފައި ކަމަށާއި، އެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ. ބަންޑާރަނައިބު އަހުމަދު އުޝާމް، ރައީސް މުއިއްޒާ އެކު -- ފޮޓޯ/ ސަރުކާރު ސަރުކާރުން އެފަދައިން އަމަލުކުރީ އޭޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ދީފައިވާ ލަފައާ ވެސް ޚިލާފަށް ކަމަށް އަލީ ވިދާޅުވިއެވެ. އޭޖީން ބުނެފައި ވަނީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާކަން ސާބިތުކޮށްދިނުމަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުށަހެޅޭ ލިޔެކިޔުންތަކަކީ ގެދޮރުވެރިޔާ ޕޯޓަލްގައި ބަޔާންކޮށްފައިވާ ލިޔުންތަކެއް ކަމަށް ބެލުމަށް އެ އޮފީހަށް ފެންނަ ކަމަށެވެ. ނަމަވެސް ސަރުކާރުން ދަރީންނާ ގުޅޭ ލިޔެކިޔުންތައް ބަލައިގަތުން ޝަރުތުތަކުގެ ތެރެއިން އުނިކުރީ ކަމަށާއި، އެކަމާ މެދު އެ ޔޫނިއަންގެ ކަންބޮޑުވުން އޮތް ކަމަށް އަލީ ވިދާޅުވިއެވެ. އަލީ ވަނީ އެ ކަންކަމުގައި ފުލެޓު ގެއްލުނު މީހުން، ގެއްލުމުގެ ބަދަލު ހޯދުމަށް ސަރުކާރާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ޔޫނިއަންގެ ފަރާތުން ގާނޫނީ އެހީތެރިކަން އެކަމުގައި ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. https://sun.mv/206650 ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ހަތަރެއް ނޮވެމްބަރު، 2024ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ އިތުރު ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ. ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ. އެއަށްފަހު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި، މިދިޔަ ފެބްރުވަރީ މަހު އޭސީސީން ވަނީ، ބައެއް ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ހުއްދަދީފައެވެ. މި ސަރުކާރުން ނިންމީ، ފުލެޓު ލިސްޓު ހައުސިން މިނިސްޓްރީން ބެލުމަށްފަހު އާންމު ކުރުމަށެވެ. އެއަށްފަހު، ލިސްޓު ނެރޭނެ އެކި ތާރީޚުތަކެއް ދިން ނަމަވެސް އެ ތާރީޚުތަކުގައި ލިސްޓު ނެރެފައިނުވެއެވެ. ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ދެ ކޮޓަރީގެ އެޕާޓްމެންޓަށް 1،218 ފަރާތެއް ޝަރުތު ހަމަވާއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓަށް 3،721 ފަރާތެއް ޝަރުތު ހަމަވެފައިވެއެވެ. މި ސަރުކާރުން ލިސްޓު ނެރެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ދެ ކޮޓަރީގެ ފުލެޓުތަކާއި ތިން ކޮޓަރީގެ ފުލެޓުތަކަށް ޕޮއިންޓް ހަމަވި މީހުންގެ ފޯމްތައް އަލުން ބެލުމަށް ފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ