ދަރަނިން ސަލާމަތްވެވުމަށާ ހާސްވެ ކަންބޮޑުވުމުން ނުވަތަ ފިކުރު ބޮޑުވުމުން ސަލާމަތްކޮށް ދެއްވެވުން އެދިގެން ކުރަން އޮތްދުޢާއެއް ޙަދީޘުން-

މިހާރަކަށް އައިސް ގިނަ ބައަކަށް ކުރިމަތިވާ އެއް މައްސަލައަކީ ނަގާ ލުއިލޯނު ނުދެއްކުމެވެ. އިންސްޓޯލްމަންޓަށް ނަގާ ތަކެތީގެ އަގު ނުދެއްކުމެވެ. މާނައަކީ ދެއްކަން ދަތިވުމެވެ. ،ިފަދަ ކޮންމެ ކަމަކީވެސް ދަރަނިވެރިވުމެވެ. ދަރަނި އަދާނުކުރެވުމަކީ ފިކުރުބޮޑުވެ މީހާއަށް ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމެކެވެ.  
ހަމައެއާއެކު ޙަސަދަވެރިންގެ ނުބައިކަމުން ސަލާމަތްނުވެވިގެން އުޅެންޖެހޭ މީހުންވެސް މަދެއްނޫނެވެ.  
އެހެންވެ މިޙާލަތްތަކުގައި ކުރާނެ ދުޢާއަކަށް ގިނަ ބައަކު އެދޭތީ މިގެނެސްދެނީ އެކަމަށް އޮތް ވަރަށް ރަނގަޅު ދުޢާއެކެވެ.  
اللّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ, وَالْعَجْزِ وَالْكَسَلِ, والْجُبْنِ وَالْبُخْلِ, وَضَلَعِ الدَّينِ, وَغَلَبَةِ الرِّجَالِ
މި ދުޢާގައި އެކުލެވިގެންވާ މާނައަކީ: އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ ފިކުރުބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދިހެންވުމުންނާއި، ކަންނެތްކަމުންނާއި، ދަހިވެތިކަމުންނާއި، ފިނޑިކަމުންނާއި، ދަރަނީގެ ބުރައިންނާއި، އަދި މީސްތަކުން މިއަޅަގެ މައްޗަށް ގަދަވެގަތުމުން ރައްކާތެރިކޮށް ދެއްވުމަށް އިބަ ﷲ ގެ ޙަޟްރަތުން އެދި ދަންނަވަމެވެ.  
މިދުޢާއަކީ ހާސްވެ ކަންބޮޑުވުމުން ނުވަތަ ފިކުރު ބޮޑުވުމުން ސަލާމަތްކޮށް ދެއްވެވުން އެދިގެންވެސް ކުރަން އޮތް ދުޢާއެކެވެ. އެއިގެ އިތުރުން ހިތާމައިންނާއި، ނުކުޅެދިހެންވުމުންނާއި، ކަންނެތްކަމުންނާއި، ދަހިވެތިކަމުންނާއި، ފިނޑިކަމުންނާއި، ދަރަނި އަދާކުރަން މަގުފަހިކޮށްދެއްވެވުން އެދިގެންނާއި އަދި މީސްތަކުން ތިމާގެ މައްޗަށް ހަސަދަވެރިވެ، ޢަދާވާތްތެރިވެ ގަދަވެގަތުމުން ރައްކާތެރިކޮށް ދެއްވެވުން އެދިގެންވެސް ކުރަން އޮތް ދުޢާއެކެވެ.   
حَدَّثَنَا خَالِدُ بْنُ مَخْلَدٍ، حَدَّثَنَا سُلَيْمَانُ، قَالَ حَدَّثَنِي عَمْرُو بْنُ أَبِي عَمْرٍو، قَالَ سَمِعْتُ أَنَسًا، قَالَ كَانَ النَّبِيُّ صلى الله عليه وسلم يَقُولُ ‏ "‏ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْجُبْنِ وَالْبُخْلِ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ ‏"‏‏.‏ 
Narrated Anas bin Malik:
The Prophet (ﷺ) used to say, "O Allah! I seek refuge with You from worry and grief, from incapacity and laziness, from cowardice and miserliness, from being heavily in debt and from being overpowered by (other) men."
Reference
 : Sahih al-Bukhari 6369
 
ދުޢާގެ މާނަ: ޢާއިޝަތު ރަފާޙް ޢަލީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ