ގޭބީސީތަކުގެ ކަރަންޓު ރޭޓު ކުޑަ ކުރަން ރައީސް ނިންމަވައިފި

ގޭބީސީތަކުގެ ކަރަންޓު ރޭޓު ކުޑަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެކްސް ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ފެށޭ ޖޫން މަހުގެ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމަށް އަންގަވާފައިވާނެ ކަމަށެވެ.
ކަރަންޓު ރޭޓުތައް ކުޑަކުރެވިގެންދާ އަދަދު:
ފާހަގަކޮށްލެވޭ ގޮތުގައި ކަރަންޓު ބިލު ބޮޑުވެ އެކަމުގެ ޝަކުވާ އާންމުން ދަނީ ސޯޝަލް މީޑިއާގައާއި އެހެނިހެން މަންސަ ތަކުގައިވެސް ކުރަމުންނެވެ. އެގޮތުން ސްޓެލްކޯއިން މާޗް މަހު ރޯދަ މަހާ ގުޅިގެން ދިން ޑިސްކައުންޓާ އެކު ވެސް ކަރަންޓު ބިލު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު އޭރު ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އޭޕްރިލް މަހުގެ ބިލު އެއްވަރުވުމުން ވެސް ގިނަ މީހުން ވަނީ ސޯޝަލް މީޑިއާގައި އެކަން ފާހަގަކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ނަމަވެސް މި ކަމާއި ގުޅިގެން ސެޓްލެކޯއިން ވަނީ ދެ މަހުގެ ކަރަންޓު ބިލުތަކުގެ ތެރެއިން ގިނަ ބިލުތައް އެއްވަރުވީ މިދިޔަ އޭޕްރިލް މަހަށް ވެސް ޑިސްކައުންޓް ދިނުމުގެ ސަބަބުން ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ