އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން،: ރައީސް

އިންސާފު ގާއިމުކުރުމުގައި ނުފޫޒެއްގެ ދަށު ނުވާނެ ކަމަށާއި ބޭނުންވަނީ އިންސާފާއި އަދާލަތު ގައުމުގައި ގާއިމުކުރެއްވުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ފުރާ ވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވަނީ ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21އ) މިމަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ވެއްޓުނު ހާދިސާއަށް އަލިއަޅުއްވާލައްވާފަ އެވެ.ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންކަން ކުރުމަށް ބާރު އަޅާ ސަރުކާރެއް ކަމަށާއި އެއްވެސް ރައްޔިތަކާ މެދު ތަފާތު ނުކުރައްވާނެ ކަމަށެވެ."އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އެބަ ތުހުމަތުކުރެވޭ ވަކި ކަމެއް ފޮރުވަން އުޅޭކަމަށް. ޒުވާން ކުދިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެބަހުރި މި ކަމުގައި. އަޅުގަނޑު ބޭނުންވަނީ ކުށްކުރި ފަރާތްތައް ހޯދައި، އެއީ ކޮންމެ ފަރާތެއްވިޔަސް ޤާނޫނުގެ ތެރެއިން އަދަބު ދިނުމަށް." ރައީސް ވިދާޅުވި އެވެ.ރައީސްގެ ވާހަކަފުޅުގައި އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާ ބެހޭ ކަންކަން ތަޙުގީގުކުރުމަށް އުފައްދަވާފައިވާ ކޮމިޝަނަށްވެސް އަލިއަޅުވާލެއްވި އެވެ. އެ ގޮތުން އެ މައްސަލަ ތަޙުޤީޤުކުރުމަށް ބޭނުންވާ ފުރިހަމަ ބާރުވެރިކަން އެ ކޮމިޝަނަށް ދެއްވާފައިވާނެކަމަށް ވިދާޅުވި އެވެ."މިހާރު މިވަނީ މިނިވަން ކޮމިޝަނެއް އުފައްދާފައި. ވަރަށް ގިނަ ބާރުތައް ދީފައިވާނީ. އެއްވެސް ހުރަހެއް ނޯންނާނެ ބަލަންޖެހޭ ކަންކަން ބެލުމުގައި. ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ. ވަރަށް އަވަހަށް ކަމުގެ ޙަޤީޤަތް ހޯދޭނެ. ދެފުށް ފެންނަ ގޮތެއްގައި ޒިންމާދާރު ގޮތެއްގައި މައްސަލަ ނިމެން އަޅުގަނޑު ބޭނުންވަނީ." ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ މިއަދާ ހަމައަށްވެސް ނުފޫޒަކަށް ނުޖެހި ސަރުކާރުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި ގައުމުގެ އަމާންކަމާއި ހަމަޖެހުމާއި އިންސާފާއި އަދާލަތު ނަގާލުމުގެ ފުރުސަތު ނުދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ރައީސް އުފައްދަވާފައި މިވަނީ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުން އެކަމަށް ޑިމާްންޑު ކޮށްފައި ވަނިކޮށެވެ.ޒުވާނުންގެ ފަރާތުން ޖުމުލަ 10 ޑިމާންޑެއް ސަރުކާރަށް ކޮށްފައިވެ އެވެ.އެ ޑިމާންޑުތަކަކީ؛ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުންމިކަމުގެ ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުންހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުންތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުންތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުންފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުންކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުންޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުންހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުންމި ޑިމާންޑުތަކުގެ ތެރެއިން ޔުމްނުގެ މައްސަލަ ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވައިލުމުގެ އިތުރުން ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ސުޖާއު ވަނީ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފަ އެވެ.ނަމަވެސް ޒުވާނުން ޑިމާންޑު ކުރި ގޮތަށް އިސްތިއުފާ ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ.ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެ ރިޔާސީ ކޮމިޝަންގައި ހިމެނެނީ ޑރ. މުހައްމަދު މުނައްވަރު، ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދު އަދި ޑރ. މުހައްމަދު ހަބީބު އެވެ. މިއީ ރައީސް މުއިއްޒު އުފެއްދެވި ފުރަތަމަ ރިޔާސީ ކޮމިޝަނެވެ.އެ ކޮމިޝަންގެ ރައީސަކަށް މުނައްވަރު ހަމަޖައްސަވާފައިވާކަން ރައީސްގެ ގަރާރުގައި ބަޔާންކުރައްވާފައިވެ އެވެ.ރައީސް އޮފީހުން ބުނީ ރައީސް މިރޭ އުފެއްދެވި ރިޔާސީ ކޮމިޝަނުން ޔުމްނުގެ މައްސަލަ ބަލައި އެ މައްސަލައާ ގުޅިގެން މިނިވަން ތަހުގީގެއް ހިންގާނެ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތަކީ ކޮބައިތޯ ބަލައި ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމުގެ އިތުރުން އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޮމިޝަނުން އަޅާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ